ads
ރައީސް ނަޝީދު. ފައިލް ފޮޓޯ
އެއްބަސްވުންތަކުގެ ހާޑްކޮޕީ މެންބަރުންނާއި ހިއްސާނުކުރީ މީޑިއާއަށް ލީކްވެދާނެތީ: ނަޝީދު
ރާއްޖެއާއި އިންޑިއާއާއި ދެމެދުވެފައިވާ އެއްބަސްވުންތަކާ ގުޅޭ ހާޑްކޮޕީ މެންބަރުންނާއި ހިއްސާނުކުރީ ސޯޝަލްމީޑިއާއަށް ލީކްވެ ގައުމުގެ ސަލާމަތަށް ނުރައްކާވެދާނެތީކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
Advertisement

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އުތުރު ތިލަފަޅު ތަރައްގީކުރުމާ ގުޅޭ އެއްބަސްވުމާ ގުޅޭ މައްސަލައެއް މިދިޔަ އަހަރު ސެޕްޓެމްބަރުމަހުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މަޖިލީހަށް ހުށަހެޅުއްވި ކަމަށެވެ.

އެ ގޮތުން ޝަރީފް އެދިވަޑައިގެންނެވީ ދިވެހި ސަރުކާރާއި, އިންޑިޔާ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައި ގައުމީ ސަލާމަތާއި, ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަކަމެއް ނެތްކަން ކަށަވަރު ކުރުމަށްޓަކައި އުތުރު ތިލަފަޅު ތަރައްގީ ކުރުމާބެހޭ އެއްބަސްވުމާއި, ހައިޑްރޮގްރަފީއާބެހޭ އެއްބަސްވުމާއި, ޑޯނިއާ މަތިންދާ ބޯޓާބެހޭ އެއްބަސްވުމުގެ އަސްލު ހޯއްދަވައި, މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ދިރާސާ ކުރައްވައި ގައުމީ ސަލާމަތާއި ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ކަންކަން ހުރިތޯ ބައްލަވައި ދިނުމަށެވެ.

ނަޝީދު ވިދާޅުވީ އެ މައްސަލައިގައި ފާހަގަކުރައްވާފައިވާ އެއްބަސްވުންތަކާއި ގުޅިގެން މިނިސްޓާ އޮޮފް ޑިފެންސާއި, އެމްއެންޑީއެފުގެ ކަމާބެހޭ ފަރާތްތައް މަޖިލީހަށް ވަޑައިގެން ވަކިވަކި އެއްބަސްވުންތަކަށް ތައްޔާރުކުރެވިފައިވާ ޕްރެސެންޓޭޝަންތަކެއް ހުށަހަޅުއްވަައިދެއްވި ކަމަށެވެ. އޭގެތެރޭގައި އުތުރު ތިލަފަޅު ތަރައްގީކުރުމާ ގުޅޭ އެއްބަސްވުމުގެ ޕްރެސެންޓޭޝަނެއް ވެސް ހިމެނޭކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ކޮމިޓީގެ ބައްދަލުވުމުގައި އެއްބަސްވުމުގެ އަސްލު ސްކްރީން ޕްރެސެންޓޭޝަންގައި ދެއްކުނުކަން ވެސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ސްކްރީން މެދުވެރިކޮށް ދެއްކީ އެއްބަސްވުންތަކުގެ އަސްލުކަން ކޮމިޓީގެ މުގައްރިރު ވަނީ ކަށަވަރުކޮށްދެއްވާފައިކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

''އެ އެއްބަސްވުންތަކުގެ ހާޑްކޮޕީ މެންބަރުންނަށް ހިއްސާކުރެވިފަ ނުވަނީ އެއްބަސްވުމަކީ ދޭދޭ ގައުމުތަކުގެ މެދުގައި ވެފައިވާ އެއްބަސްވުންކަމަށްވެފައި އެއްބަސްވުމުގެ އެއްވެސް ބައެއް ސޯޝަލްމީޑިއާގައި އާންމުވެެއްޖެނަމަ ދެ ގައުުމުގެ މަސްލަހަތަށް ބުރޫއަރާފާނެކަމަށް ކޮމިޓީއަށް ފެންނާތީ.'' ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅޭ ގޮތުން ކުރީގެ ރައީސް ޔާމިން އެއްބަސްވުމުގެ މަގްސަދާއި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަމާ ގުޅޭ ގޮތުން އާންމުންގެތެރޭގައި ހަގީގަތާއި ހިލާފަށް ވާހަކަދައްކަވަމުން ގެންދަވާކަން ފާހަގަކުރައްވައި އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް