ads
ާދާންދޫ ކައުންސިލުގެ ރައީސް އާސިފް
އަންހެނުންނަށް ހުތުރުބަސް ނުބުނުމަށް ދާންދޫ ކައުންސިލުން މާމެންދޫ ރައީސަށް އަންގައިފި
ގއ. މާމެންދޫ ކައުންސިލްރައީސް އަހުމަދު އަޒީޒު އަންހެނުންނަށް ހުތުރުވާ ގޮތަށް ވާހަކަ ދައްކަވާފައިވާތީ އެކަން ކުށްވެރިކޮށް، އެފަދަ އަމަލު ތަކުރާރު ނުކުރުމަށް ގއ.ދާންދޫ ކައުންސިލުން އަންގައިފިއެވެ.
Advertisement

ގއ. ދާންދޫ އަންހެން ބޭފުޅަކަށް ހުތުރުވާގޮތަށް މާމެންދޫ ކައުންސިލް ރައީސް ބަސް ބުނެފައިވާތި އެކަން ކުއްވެރި ކޮށް ދާންދޫ ކައުންސިލުން މިއަދު ވަނީ ބަޔާނެއް ނެރެފި އެވެ.

މިފަދަ ކަންކަން ތަކުރާރު ނުކޮށް ހުއްޓާލުމަށް އެކައުންސިލުން މާމެންދޫ ކައުންސިލް ރައިސް އަށް އަންގާ ކަމަށް އެބަޔާނުގައި ވެއެވެ.

ދާންދޫ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އެ އަތޮޅު މާމެންދޫ ކައުންސިލް ރައީސް އަހުމަދު އަޒީޒު ދާންދޫ އަންހެނުންނަށް، މާމެންދޫ ކައުންސިލް އޮފިޝަލް ވައިބާ ގުރޫޕް ގައި ހުތުރު ބަސް ބުނެފައިވާ ކަމަށެވެ.

އަދި ދާންދޫ ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ފޮޓޯ ތަކެއްގެ ތެރެއިން އެ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް އަމިއްލަ ފޭސްބުކް ޕޯސްޓެއްގައިވާ ދާންދޫ ދޮށީ އުމުރުގެ އަންހެން ބޭފުޅެއްގެ ފޮޓޯ ޝެއާ ކޮށް، މާމެންދޫ ކައުންސިލް ރައީސް އާސިފް އުޅުއްވަނީ " އިއްދައިން ކެޑިފައިތިބި މީހުންނާ އެކު ކައުންސިލް ހިންގަން" އެ އިބާރާތުން މާމެންދޫ ކައުންސިލް ރައީސް ވިދާޅުވެފައިވާ ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.

އަދި އެ ކައުންސިލުން ހިންގާ ހަރަކާތް ތަކާއި، ޕްރޮގްރާމް ތަކުގެ ތެރެއިން ނެރޭ މަންޒަރު ތަކާއި، ފޮޓޯ ތަކާއި، އަދި ހަބަރު ތަކަކީ އެ ކައުންސިލްގެ ފިކުރީ ތަކެތި ކަމަށާއި، އަދި އެރަށުގެ އެންމެހާ ރައްޔިތުންނަކީ އެ ކައުންސިލް އެމީހުންގެ މައްޗަށް ބާރުވެރިވާ ރައްޔިތެއް ކަމާއި، އެ ރަށުގެ ކޮންމެ ރައްޔިތެއްގެ ކަރާމަތާއި، އަގު ނެގެހެއްޓުމަކީ އެ ކައުންސިލްގެ މައްޗަށް ލާޒިމް ކަމެއް ކަމަށާއި، އެއްވެސް އަންހެން ބޭފުޅަކަށް ވިޔަސް އަދި ފިރިހެން ބޭފުޅަކަށް ވިޔަސް އެއިން އެއްވެސް ރައްޔިތެއްގެ އަބުރަށް ހުތުރުވާ ގޮތަށް އެއްވެސް ފަރާތަކުން ބަސް މަގު ބޭނުން ކުރުމަކީ އެކައުންސިލުން އެދޭ ކަމެއް ނޫން ކަމުގައި އެ ކައުންސިލްގެ ބަޔާނުގައި ވެއެވެ.

އެ ފަދަ މަގާމެއްގައި ހުރެގެން މާމެންދޫ ރައީސް އެއިބާރާތުން ސޯޝަލް މީޑިއާގައި ހުތުރުބަސްތަކެއް އާންމު ކޮށްފައިވާތީ އެކަން ދާންދޫ ކައުންސިލުން ނުހަނު ބޮޑަށް ކުއްވެރި ކުރާ ކަމަށާއި، އެއީ އެފަދަ މަގާމެއްގައި ހުރި މީހަކު އަމުދުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އެ ކައުންސިލުން ދެކޭ ކަމަށާއި، އަންހެން ބޭފުޅުންނަށް ނިސްބަތް ކޮށް އެބޭފުޅުންގެ ކަރާމަތަށް ހުތުރު ބަސްތައް އަހުމަދު އަޒީޒު ބޭނުންކުރި މައްސަލަ ކަމާއިބެހޭ އިދާރާތަކުން ބައްލަވައި ފިޔަވަޅު އަޅުއްވައި ދެއްވުމަށް ވެސް ގޮވާލާ ކަމަށް އެކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް