ads
ފިޝަރީޒް މިނިސްޓަރު މިމަހުގެ 13 އިން 15 އަށް އެމެރިކާގައި އޮންނަ ސީފުޑްއެކްޕޯގައި ބައިވެރިވެ ވަޑައިގަންނަވާނެ
ސީފުޑް އެކްސްޕޯގައި ބައިވެރިވެ ވަޑައިގަތުމަށް ފިޝަރީޒް މިނިސްޓަރު އެމެރިކާއަށް
އެމެރިކާގެ ބޮސްޓަންގައި މާރިޗް 13 އިން 15 އަށް ކުރިއަށްދާ ސީފުޑް އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޑރ ޙުސައިން ރަޝީދު ޙަސަން ބޮސްޓަން އަށް ވަޑައިގެންފިއެވެ.

މި އެކްސްޕޯގައި ރާއްޖޭގައި މަހުގެ އުފެއްދުންތައް އުފައްދައި އެކްސްޕޯޓްކުރާ ގިނަ ކުންފުނި ތަކަކުން ބައިވެރިވެފައިވެއެވެ. 

ފިޝަރީޒް މިނިސްޓްރީން ބުނީ މި އެކްސްޕޯއިން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް އިޝްތިހާރުކޮށް މާކެޓް ކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެކަމަށެވެ. އަދި ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކަށް ބޭރުގެ ބާޒާރުތަކުގައި އޮތް ފުރުޞަތުތައް ދެނެގަނެވި ދިވެހި މަސް އެކްސްޕޯޓްކުރުމަށް އިތުރު ބާޒާރުތައް ހޯދުމަށް މަގުފަހިވެގެންދާނެއެވެ. 

your imageސީފުޑްއެކްޕޯގައި

މިފަދަ އެކްސްޕޯތަކުގައި ބައިވެރިވުމަކީ، މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު މަގު ފަހިކަމެއްލިބިގެންދާނެ ކަމެއް ކަމަށްވެސް ފިޝަރީޒުން ބުނެއެވެ.

މީގެ އިތުރުން، މި ދަތުރުފުޅުގައި މިނިސްޓަރ ޑރ ޙުސައިން ރަޝީދު ޙަސަން އާއި ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދު ކެލިފޯނިޔާގެ ޔުނިވަރސިޓީ އޮފް ސެންޓަ ބަރބަރާގެ ސައިންޓިސްޓުންނާއި ބައްދަލުކޮށް، ހިމާޔަތްކުރެވިފައިވާ ތަންތަނާއި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ތަރައްޤީ ކުރުމާއި ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް