ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ޓެކްސީ ޑްރައިވަރުން ވަނީ ޓެކްސީ ތަކުން ނަގަމުން އަންނަ އަގު ބޮޑު ކުރުމަށް ސަރުކާރުގައި އެދިފައެވެ. އަދި އަގު ބޮޑު ނުކޮށްދީފިނަމަ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ކުރާނީ ޓެކްސީ ސެންޓަރު ތަކާއި ޑްރައިވަރުން ކަނޑައެޅި ބޮޑު އަގުގައި ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.
ޑްރައިވަރުން ވަނީ އެ އަގުތަށް ޓްރާންސްޕޯޓް މިނިސްޓްރީއަށްވެސް ހުށައަޅާފައެވެ. އެހެން ނަމަވެސް އެ އަގުތަކަށް ދަތުރުތައް ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށާއި، އެ އަގުތަކަށް ދަތުރު ކުރާ ޑްރައިވަރުންގެ ހުއްދަ ބާތިލް ކުރާނެ ކަމަށްވެސް މިނިސްޓްރީން ވަނީ އަންގާފައެވެ.
ޓެކްސީ ސެންޓަރުތަކުން މިނިސްޓްރީއާ ދެފަހަރެއްގެ މަތިން މިކަމާގުޅޭ ގޮތުން ވަނީ ބައްދަލު ކޮށްފައެވެ. ޓެކްސީ ޑްރައިވަރުން އެދިފައިވަނީ ޓެކްސީ ތަކުގައި މީޓަރު ހަރުކޮށްދިނުމަށާއި އަދި ހަރުކޮށްދެވެންދެން ހުށަހެޅު އަގުތަކުގައި ބެހެއްޓުމަށެވެ.
މިކަމާއި ގުޅިގެން މިއަދު "ސީއެންއެމް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އެ މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ޝަމާ ވިދާޅުވީ، އަދި މިހާތަނަށް އެ މިނިސްޓްރީއަށް އެފަދަ އެއްވެސް ޝަކުވާއެއް ލިބިފައި ނުވާކަމަށާއި، ޝަކުވާއެއް ލިބިއްޖެނަމަ ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ފިޔަވަޅު އަޅާނެ ކަމަށެވެ.
ޓެކްސީތަކުން ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި އޭގެ އަސަރު ރާއްޖެއަށް ކުރުމުން ޓެކްސީތަކުން ނަގަމުން އަންނަ އަގު ބޮޑުކޮށްދިނުމަށް އެދި މުޒާހަރާވެސް ކޮށްފައެވެ.
ޓެކްސީތަކުން ނަގަން ބޭނުންވާ އަގުތައް: