ads
ކްރިމިނަލް ކޯޓު
17 ކިލޯ ޑްރަގް ކޭސް: ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިިފި
ފުލުހުން ރޭ މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ހައްޔަރުކުުރި ހަތަރު މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވާކަމަށް ކަސްޓަމްސްއިން ދިން މައުލޫމާތަކާއި ގުޅިގެން ރޭ މާލޭގައި ޑްރަގް އެންފޯސްމަންޓުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 17 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. މި މައްސަލައާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކުރިއިރު, އޭގެތެރޭގައި ހިމެނެނީ ދިވެހި ދެ ފިރިހެނުންނާއި, ބަންގްލަދޭޝްގެ ދެ ފިރިހެނުންނެވެ.

ބަންދު ކުރި މީހުންގެތެރޭގައި ހިމެނޭ ދިވެހި ދެ މީހުންގެ ތެރެއިން 27 އަހަރުގެ މީހާއަކީ މާލެއަށް ނިސްބަތްވާ މީހެކެވެ. 32 އަހަރުގެ މީހާއަކީ މާލެ އަތޮޅު ހިންމަފުށްޓަށް ނިސްބަތްވާ މީހެކެވެ. 

މި  މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޯޓަށް ހާޒިރުކުރުމުން ދިވެހި ދެ މީހުންގެ ބަންދަށް ފަސް ދުވަސް ދީފައިވާއިރު, ބަންގްލަަދޭޝްގެ ދެ މީހުންގެ ބަންދަށް ދިނީ 15 ދުވަހެވެ.

ކަސްޓަމްސްއިން މިއަދު ހާމަކުރި ގޮތުގައި މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތި ތަހްލީލު ކުރުމުން  ވަނީ ހަޝިޝް އޮއިލްއަށް ޕޮޒިޓިވްވެފައެވެ. ކަސްޓަމްސްއިން ހާމަކުރި ގޮތުގައި އެ ތަކެތީގެ މަގުމަތީ އަގު ތޭރަ މިލިއަން ހަލައްކައަށް އަރައެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ޑިޕާޓްމަންޓުން ދަނީ މި މައްސަލަ ތަހްގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް