ads
ހިޔާ ފްލެޓް
ހިޔާގެ ކުލި ކުޑަކޮށް ދިނުމަށް އެދި އެޗްޑީސީއަށް އެތައް ހާސް ސިޓީތަކެއް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފުލެޓުތަކުގެ ކުލި ކުޑަކޮށް ދިނުމަށް އެދި އެތައް ބަޔަކު އެޗްޑީސީއަށް ސިޓީ ފޮނުވަން ތައްޔާރު ވެއްޖެއެވެ.
Advertisement

ހިޔާ ޔުނިއަންގެ ފަރާތުން އިސްނަގައިގެން އިއްޔެއިން ފެށިގެން އެ ސަރަހައްދުގައި އަންނަނީ ސިޓީ ތަކުގައި ސޮއި ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 650 އަށްވުރެ ގިނަ މީހުން އެ ސިޓީ ތަކުގައި ސޮއި ކޮށްފައި ވާކަމަށް އެ ޔޫނިއަން އިން ވަނީ މައުލޫމާތު ދީފައެވެ. 

މި ސިޓީ ތަކާއި ގުޅިގެން އެ ޔޫނިއަން އިން މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވީ، ސިޓީތަކުގައި ސޮއި ކުރުމުގެ މަސައްކަތް މިއަދު ވެސް ހަވީރު 16:00 އިން ފެށިގެން މިރޭ 23:00 އާއި ހަމައަށް އެޗް-8 ފްލެޓް ކައިރީ ކުރިއަށް ދާނެ ކަމަށާއި، މި ސިޓީތައް މި ހަފްތާ ތެރޭ އެޗްޑީސީއަށް ހުށައަޅާނެ ކަމަށެވެ. 

އަދި މިއީ އެއްވެސް ވަރަކަށް ސިޔާސީ ކުލަ ޖެހިގެން ކުރިއަށް ގެންދާ ހަރަކާތެއް ނޫން ކަމަށާއި، މިއީ އެތައް ހާސްބައެއްގެ މަސްލަހަތާއި ގުޅިފައިވުމުން ކުރިއަށް ގެންދާ ކަމެއް ކަމަށްވެސް އޮފިޝަލް ވަނީ ވިދާޅުވެފައެވެ. އަދި މަހަކު ކުލީގެ ގޮތުގައި 8،500 ރުފިޔާ ދެއްކުމަކީ ބޮޑު ތަކުލީފަކަށް ވާނެ ކަމަށްވެސް އެ ފަރާތުން ވަނީ ބުނެފައެވެ. 

މި ކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެމުން އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ، ހިޔާ ފުލެޓު ތަކުން ކުލި ނެގުން އަންނަ މަހުން ފެށިގެން ކުރިއަށް ދާނެ ކަމަށާއި، އަދި މިހާތަނަށް ކުލި ނުނަގާ ނުވަތަ ކުލި ކުޑަކުރުމާއި މެދު ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. 

މި މައްސަލައާއި ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ، ކުލި ކުޑަކުރުމާއި ކުލި ނެގުން ފަސްކުރުމާއި މެދު ގޮތެއް ނިންމާނީ މިހާރު ކުރިއަށްގެންދާ ސާވޭ ނިމުމުން ކަމަށާއި، އެ ސާވޭ މި ހަފްތާ ތެރޭ ނިންމާލެވޭނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް