ads
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު
ކުރީގެ މިނިސްޓަރު މަލީހުގެ އޮފީސް ހަދަން 795،000ރ ހަރަދުކުރީ ގަވާއިދާ ހިލާފަށް: އޮޑިޓް
ކޮމިއުނިކޭޝަންސް މިނިސްޓަރަކަށް ކުރިން ހުންނެވި މުހައްމަދު މަލީހު ޖަމާލު އޭނާގެ ކޮޓަރިއާއި އަދި އެތަނާ ގުޅުވައިގެން ހެދި ބްލޮކް ބީ މަރާމާތު ކުރުމަށް 795000ރުފިޔާ ހަރަދުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އެމިނިސްޓްރީގައި މަލީހު އިންނެވުމަށް މަލީހުވަނީ އޭނާގެ ކޮޓަރި ތަފާތު ރީތި ގޮތަކަށް ޑިޒައިން ކުރައްވައި މަރާމާތު ކުރައްވާފައެވެ. މިކަމާ ގުޅިގެން ވަރަށްގިނަ ފާޑު ކިއުން އޭނާއަށް އަމާޒު ވިއެވެ. 

އެހެންނަމަވެސް އޭރު އެކަން ދިފާއު ކުރައްވަމުން މަލީހު ވިދާޅުވެފައިވަނީ އެއީ ދެފުށް ފެންނަގޮތަކަށް ހިނަގަމުންދާ މަސައްކަތެއ ްކަމަށާއި، ގައިވައިދާ އެއްގޮތަށް ގެންދާ މަސައްކަތެއް ކަމަށެވެ. 

ސިޔާސީ ގޮތުން ފާޑުކީ ބައެއް މީހުން އޭރު ބުނަމުންދިޔައީ، މަލީހު ބޭނުންވީ އެތަން ވައިޓްހައުސްގެ އޯވަލް އޮފީހާ ވައްތަރު ކުރެއްވުމަށް ކަމަށެވެ. އަދި އެކޮޓަރީގެ ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައިވަނީ ދައުރު ކޮށްފައެވެ. އަދި އެކޮޓަރި މަރާމާތު ކޮށްފައިވަނީ އަގުބޮޑުތަކެތި ބޭނުން ކޮށްގެންނެވެ. 

ކޮމިއުނިކޭޝަންސް މިނިސްޓްރީގެ 2019ގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެމަސައްކަތުގެ ބައެއްކަންކަން ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށޭވެ. 

އޮޑިޓްގައި އިސްލާހު ކުރުމަށް ގިނަ ކަންކަން ފާހަގަ ކޮށްފައިވެއެވެ. މައިގަނޑު ތިން ކަމެއް ހިމެނެއެވެ. 

އޭގެ ތެރޭގައި ބީ-ބްލޮކް އިމާރާތް ކުރުމުގައި ފާހަގަ ކުރެވުނު ކަންތައްތަކަކާއި، ހަރުމުދަލުގެ ހިސާބުތައް ގަވައިދާ އެއްގޮތަށް ދައްކާފައިނުވުމާއި، ސިވިލް ސާވީސް މަގާމުތަކުގައި ތިބޭ އިދާރީ މަގާމުތަކުގެ މަސައްކަތް ކުރުމަށް ކޮންސަލްޓެންޓުން ހޯދާފައިވުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް