އަންހެނުން ކުރާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭ "ރެހެންދި އެވޯޑް" ދިނުމަށް ހާއްސަ ކޮށް ގެން ރޭ ބޭއްވި ރަސްމިއްޔާތުގައި އެ އެވޯޑްތައް ލިބުނު ފަރާތަކަށް އެވޯޑުތައް ހަވާލުކޮށް ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަދި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.
އެ އެވޯޑް ދޭން ފަށާފައި ވަނީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ފާހަގަ ކުރަމުންދާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ނެވެ.
އެ އެވޯޑަކީ އަންހެނުން ކުރާ މަސައްކަތްތާއ، އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމަށް އަންހެނުންގެ ކުރިއެރުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެވޭ ހާއްސަ އެވޯޑެކެވެ.
އެވޯޑު ލިބުނު ފަރާތްތައް:
ދެހާސް ސާދަވަނަ އަހަރުން ފެށިގެން މި އެވޯޑު ދޭން ފެށުނު ފަހުން، ވަކި ފަރުދުންނާއި ޖަމިއްޔާތަކާއި މުއައްސަސާތަކަށް ވެސް މި އެވޯޑް ވަނީ ދެވިފަ އެވެ.