ads
ގާފަރު ގެސްޓް ހައުސްއެއްގައި މަރުވެފައި އޮއްވާ ފެނިފައިވާ ނާޖިހާ
އެނދުމަތިން ވަޅީގެ ކަވަރެއް، ފާހާނާތެރެއިން ގިނަ އަދަދެއްގެ ލެއާއިއެކު ނާޖިލާގެ ހަށިގަނޑު!
ރޭ ކ. ގާފަރު ގެސްޓުހައުސްއަކުން މަރުވެފައި އޮއްވާ ފެނިފައިވަނީ އއ. ބޮޑުފުޅަދޫ ފަރުދާ ބަގީޗާގޭ ނާޖިލާ ލުތުފީ ނަމަކަށް ކިޔާ ޒުވާނެކެވެ.
Advertisement

އޭނާގެ މަރަކީ އަދި ކިހިނެތް ހިގައިދިޔަ މަރެއްކަން ފުލުހުން ސާފުކޮށްދީފައި ނުވިނަމަވެސް ނާޖިލާގެ ހަށިގަނޑުން ޒަހަމުތަކެެއް ފެނިފައިވާތީ މިއީ ގުދުރަތީ މަރެއް ނޫންކަންވެސް ވަނީ ޔަގީންވެފައެވެ.

އެ ގެސްޓް ހައުސް ގެ ކަންކަމާއި ހަވާލުވެގެން ހުރި ފަރާތަކުން (ޒާތީ މައުލޫމާތު ހިފެހެެއްޓުމަށް ނަން ސިއްރުކުރެވިފައި) "ސީއެންއެމް”އަށް މައުލޫމާތު ދެއްވަމުން ބުނި ގޮތުގައި، އެ އަންހެން ކުއްޖާ ގެސްޓް ހައުސް އަށް އައީ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

ގެސްޓުހައުސްއަށް އައި އިރުވެސް އަތުގެ ދެ ތަނެއްގައި ބެންޑޭޖުކޮށްފައިވާކަން ފާހަގަކުރެވުނެވެ. ހަފްތާއެއްހާ ދުވަސް އެތަނުގައި ނާޖިލާ ހޭދަކުރިއިރު، ފަހުން ބެންޑޭޖުގަނޑު ނައްޓާލާފައި ވަނިކޮށް އަތުގެ ދެތަނަކުން ވަޅިއަކުން ނުވަތަ ކަޓަރަކުން އެޅުމުން ލިބޭނެފަދަ ޒަހަމެއްގެ ލަކުނެއް ހުއްޓާ ފެނުނު ކަމަށް އޭނާ ބުންޏެވެ.

ވާހަކަދެއްކުންމަދު ނަމަވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ގެސްޓުހައުސްގައި އޭނާ ހުންނަ ރޫމުން ބޭރުން ނާޖިލާ ފެނެއެވެ. މޫދަށް ގޮސް ބީޗަށް ގޮސް ހަދައެވެ. 

ނަމަވެސް މަރުވި ދުވަހު ފުލުހުންނަށް ރިޕޯޓުކުރީ، އެއްވެސް ވަރަކަށް ބޭރުން ނުފެނުމުންނާއި، ޗެކު އައުޓުވާ ވަގުތު ފާއިތުވެގެންދިޔަތާވެސް އެތައް ވަގުތެއް ވީ ފަހުންވެސް ހަބަރެެއް ނުވުމުންނެވެ.

"ރެސްޓޯރެންޓުންވެސް ކައި ހަދާ އަދި އެހެން ތަންތަނުންވެސް ކައި. ބީޗަށްވެސް މަދުމަދުންގޮސް ހަދާ. ގިނައިން ގެސްޓް ހައުސްގައި އިންނަނީ. ކޮންމެ ދުވަހަކު އޭނަ ފެނޭ. އަނެއްހެން މީހުންނާ ވާހަކަ ދައްކާ ނޫޅޭ. މީހަކާ ގުޅުމެއް އޮނަނަކަން އެގިފައެއް ނުވޭ. ރޭގަނޑުވެސް ފެންނާނެ. އެހެން ނަމަވެސް އެ މަރުވި ދުވަހު އެއްގޮތަކަށް ވެސް ނުފެނާތީ ވީގޮތެއް ބެލީ" އޭނާ ބުންޏެވެ.

ސީއެންއެމް އާއި ވާހަކަދެެއްކި ފަރާތް ބުނިގޮތުގައި މަރުވި ރޭގެ ކުރީ ރޭ ވެސް ނާޖިލާއާއި ދިމާވިއެވެ. ނަމަވެސް ހެނދުނު ހޭލިފަހުން އޭނަޔާ ދިމާނުވުމުން ނާއި، ދޮރުގައި ޓަކިދިނުމުންވެސް ހަބަރެެއް ނުވެ، ޗެކް އައުޓްވާ ގަޑި ހަަމަވެ، މެންދުރު  ފާއިތުވި އިރުވެސް އޭނާގެ ހަބަރެއް ނުވުމުން ކަމެެެއް ގޯސްވީ ކަމަށް ލަފާ ކުރެވުނީއެވެ.

“ރޭގަނޑު ހަތެއް އަށެއް ޖަހަން އުޅެނިކޮށް އޭނަގެ ފައިވާން ބޭރުން ފެންނަން ހުރީމަ އޭނާ އުޅޭ ކަން އެގޭނެތާ. ދެން އެހާ ގިނަ އިރު ނުފެނި ހުރީމަ ފުލުހުންނަށް ގުޅީ" އޭނާ ބުންޏެވެ.

އެނދުމަތިން ވަޅީގެ ކަވަރެއް، ފާހާނާތެރެއިން 2 ވަޅިއާއިއެކު ނާޖިލާގެ ހަށިގަނޑު!

އޭނާ ކިޔައިދިން ގޮތުން ކޮޓަރި ގިނަ އިރު ނުހުޅުވާ ހުރުމުންނާއި، ނާޖިލާގެ ހަބަރެއް ނުވުމުން ފުލުހުންނަށް އަންގާ، ކޮޓަރި ދޮރު ހުޅުވީ ފުލުހުންގެ ހާޒިރުގައެވެ. 

ކޮޓަރި ހުޅުވި އިރު ކޮޓަރީގައި މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް ކޮޓަރީގެ އެދު މަތީގައި ސިގިރޭޓް ފޮއްޓަކާއި، އޭނާގެ ކޭޝް ކާޑުގެ އިތުރުން، ވަޅިއެއްގެ ކަވަރު ކޮޅެެއް އޮއްވާ ފެނުނެވެ. 

އޭނާ ކިޔައިދިން ގޮތުން، ކޮޓަރިން އެއްވެސް މީހަކު ފެންނަން ނެތުމުން ސީންއަށް އެޓެންޑުވި ފުލުހުން ދެން މިސްރާބު ޖެހީ ފާހާނާއަށެވެ. 

“ފާހާނާ ދޮރު ހުޅުވި އިރު، އޭނަ އޮތީ ދޮރާއި ޖެހިގެން. ފާހަނަ ތެރެއިން ލޭތަށް ފެނުނުމުން އެހާހިސާބުން ކޮންމެވެސް ގޯހެއް އުޅޭކަން އެގުނު. ފާހާނާ ތެރޭގައި ދެވަޅި އެއް އޮތް. ލޭގެ އަސަރު ހުރީ އާ ވަޅީގަ(ބެޑުމަތީގައި އޮތް ކަވަރު އެއީ އެ ވަޅީގެ ކަމަށް ލަފާ ކުރެވޭ). ދެން އޮތް ވަޅީގައި އޮތީ ދަބަރު ޖަހާފައި. ނާޖިލާގެ ކަރުގައި ވަޅިއަޅާފައިވާ ކަމުގެ ޒަހަމުތައް ހުރި” އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފާހާނާ ތެރޭގައި ގިނަ އަދަދެއްގެ ލޭތައް ހުރި އިރު، ނާޖިލާގެ ކަރުގައި ވަޅި އަޅާފައިވާ ކަމުގެ ޒަހަމު ހުއްޓެވެ. ނަމަވެސް ސީދާ މީހަކު މަރާލާފައިވަނީ ކަމެެއް ނުވަތަ މަރުވެފައި ވަނީ ކީއްވެ، ކިހިނެތްކަމެއް އޭނާ އަށްވެސް ބުނަން ނޭނގެއެވެ.

ފުލުހުން މިމައްސަލަ ތަހުގީގުކުރުމުންދާއިރު، މަރާއި ގުޅޭގޮތުން ފުލުހުންގެ ފަރާތުން ވަކި އެއްޗެއް ހާމަކޮށްފައެެއް ނުވެއެވެ. 

ސީއެންއެމްއިން ފުލުހުންނަށް މިއަދު ގުޅާލުމުންވެސް ވިދާޅުވީ، އިތުރު ތަފްސީލެއް އުޅޭނަމަ ބަލާލާފައި ސާފުކޮށްދޭނެ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އިތުރު މައުލޫމާތެއް ނުދެއެވެ. 

މިރޭ ފަތިސް ނަމާދަށް ފަހު ނާޖިލާގެ ޖަނާޒާ ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. 

26%
ކަމުގޮސްފި
16%
އަޑުއެހިތާ މިހުރީ
46%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް