ads
ހިޔާ ފްލެޓް
ހިޔާ ސަރަހައްދުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ބާއްވަނީ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމުކޮށްގެން ހިޔާސަރަހައްދުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މާދަމާ ބާއްވާނެކަން އިއުލާންކޮށްފިއެވެ.

އެޗްޑީސީން ބުނީ، މާދަމާ ހަވީރު 16:15 އިން 18:00ށް ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ޕްރޮގްރާމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަކީ އެ ކޯޕަރޭޝަނުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. 

މަންސައިގެ ނަމުގައި އެޗްޑީސީން ބާއްވާ މި ޕްރޮގްރާމުގައި ފަސް ޓޮޕިކަކަށް ފަސް އިދާރާއަކުން ހޭލުންތެރިވުމަށް މައުލޫމާތު ދޭނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. 

ހޭލުންތެރިކުރުމަށް ކުރިޔަށްގެންދާ މަންސަ ޕްރޮގްރާމުގައި ހިމެނޭ ބައިތައް:  

1. ފުރަތަމަ އެހީ - މޯލްޑިވްސް ރެޑް ކްރެސެންޓް

2. ރައްކާތެރިވަމާ - މޯލްޑިވްސް ޕޮލިސް ސާވިސް

3. ކުނި މެނޭޖް ކުރުމުގެ މުހިންމުކަން - މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 

4. ދުޅަހެޔޮ ސިއްހަތު - ހުޅުމާލެ ހޮސްޕިޓަލް

5. އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުން - އެމްއެންޑީއެފް

އެޗްޑީސީން އަންނަނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތައް އަހުލުވެރިކުރުމަށް ތަފާތު އެކި ޕްރޮގްރާމުތައް ހިންގަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް