ads
އަދުރޭ
އަތޮޅުތަކުން އެ ތިބީ މާލެއަށް އަރަން ތައްޔާރުވެގެން: އަދުރޭ
އަތޮޅުތެރޭގެ 20،000އަށްވުރެ ގިނަ ރައްޔިތުން ތިބީ މާލެއަށް އަރަން ތައްޔާރުވެގެން ކަމަށް އިދިކޮޅު ޕީޕީއެމް ކޯލިޝަނުގެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
Advertisement

ހުކުރު ދުވަހު އިދިކޮޅުން ބާއްވަން ނިންމާފައިވާ “ނޭވާ ހޮޅިއަށް”އެއްވުން ނުބޭއްވުމަށާއި، ބާއްވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައިވާތީ، މިރޭ ޕީޕީއެމް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ، އެ ހަރަކާތަކީ ގައިރު ގާނޫނީ ހަރަކާތެއް ނޫންކަމަށާއި، އެ ހަރަކާތް އެ ދުވަހު އޮންނާނެ ކަމަށެވެ.

އަދި ހަރަކާތަށް ހުރަސް އެޅުމަށް މަސައްކަތް ނުކުރުމަށާއި، ހަރަކާތުގެ ސަލާމަތީ ކަންކަން ބަލަހައްޓަވައި ދެއްވުމަށް ފުލުހުންނަށް އިލްތިމާސް ކުރާކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، އިންޑިއާ އައުޓު ހަރަކާތަކީވެސް އަދި ހުކުރު ދުވަހު ބާއްވާ “ނޭވާ ހޮޅިއަަށް” ހަރަކާތަކީވެސް ރައްޔިތުން ބޭނުންވެގެން ހިންގާ ހަރަކާތެއް ކަމަށެވެ.

އެގޮތުން ހުކުރު ދުވަހުގެ ހަރަކާތުގައި ބައިވެރިވުމަށް އަތޮޅުތެރެއިންވެސް 20،000އަށް ވުރެ ގިނަ ރައްޔިތުން މާލެ އަރަން ތިބީ ތައްޔާރަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.

“ވަރަށް ބައިވަރު ރައްޔިތުން ތިބީ މި ހަރަކާތުގައި ބައިވެރިވާން ބޭނުންވެފައި. އަތޮޅުތަކުން އެތިބީ މާލެ އަށް އަރަން ތައްޔާރު ވެގެން. 4000 އެއް ނޫން 10،000، 12،000، 20،000 މީހުންވެސް މާލެ އަންނަން ބޭނުން. ރައްޔިތުން ބޭނުން ދިވެހިންގެ ފަސްގަނޑު ދިވެހިންނަށް ހޯދަން. މި ސަރުކާރުގައި ތިބި ފޭރޭ މީހުންނާއި، ގައްދާރުން ފިޔަވައި ދެންް ތިބި އެންމެން ތިބީ މި ހަރަކާތުގައި ބައިވެރިވުމަށް ތައްޔާރަށް”އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ މަތި ފަޑީގައި މުޅިންވެސް ތިބީ، “ވަގުން، ގައްދާރުން، ހިޔާނާތްތެރިން” ކަމަށެވެ. އެފަދަ ބޭފުޅުންގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި، ރައްޔިތުންގެ މަޖިިލީހުގެ ރައީސް މުހައްމަދު ނަޝީދު  އާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިތުރުން، މޭޖަ ޖެނަރަލް ޝަމާލު އާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ނަންވެސް ފާހަގަކުރެއްވިއެވެ.

އަދުރޭ ވިދާޅުވީ، ގޭންގުތައް ބައިވެރިކޮށްގެން ހިންގާ ގައިރުގާނޫނީ ހަރަކާތެއްގެ ގޮތުގައި އަންނަ ހުކުރު ދުވަހުގެ ހަރަކާތް ސިފަކޮށް ފުލުހުން ލައްވާ އެ ހަރަކާތް ހުއްޓުވާން އުޅެނީ، އެ ބޭފުޅުންނާއި ދެކޮޅަށް ރައްޔިތުން ތެދުވާން އުޅެން ފެށުމުން ހަދާނެ ގޮތް ހުސްވެގެން ކަމަށެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް