ads
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކުރުން--
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އަޅަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި އެވެ.
Advertisement

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިއަދު މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑރ. އައިޝަތު އަލީ އެވެ. އަދި އެސްޖޭ ކޮންސްޓްރަކްޝަނުގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހިމެވެ. 

އެސްޖޭއަށް މި މަސައްކަތް ހަވާލުކޮށްފައިވާއިރު ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެޅުމަށް ހުޅުވާލި ފުރުސަތުގައި ނުވަ ފަރާތަކުން ބިޑް ހުށަހެޅި އެވެ. ނަމަވެސް އެ މަސައްކަތް އެކުންފުންޏާ ހަވާލުކުރަން ނިންމީ ފިނޭންސް މިނިސްޓްރީންނެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައި ވަނީ 364 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި މި ސްކޫލުވެގެންދާނީ ވަށާޖެހޭ ތައުލީމެއް ދެވޭ، އެއްދަންފަޅިއަށް ހިންގޭނެ ފުރަތަމަ މޮޑެލް ސްކޫލަށް ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. 

ދަރިވަރުން ގިނަވެ މަޖީދިއްޔާ ސްކޫލު ހިންގަން ދަތިތަކާ ކުރިމަތިވެގެން މީގެ 17 ވަރަކަށް އަހަރުކުރިން، ދަރުމަވަންތަ ސްކޫލުގެ ނަމުގައި ސްކޫލެއް އުފެއްދީ މަޖީދިއްޔާއާ އިންވެގެންނެވެ. ނަމަވެސް އެތަން ވަރަށް ބޮޑަށް ބާވެ ރެނދުލާފައިވާތީ 2016 ވަނަ އަހަރުގެ ތެރޭގައި ވަނީ އާ އިމާރާތެއް އެޅުމަށްޓަކައި އެތަން ބަންދުކޮށްފަ އެވެ. އަދި އެއަށް ފަހު އެތަން ވަގުތީ ގޮތުން ހިންގަމުން އަންނަނީ ވެލާނާގެ ކައިރީ އޮންނަ ހުސް ބިމެއްގަ އެވެ.  

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އަޅަން ނިންމާފައި ވަނީ މާލޭ ޖަލާއި އިންވެގެން އޮތް ހުސްބިމުގަ އެވެ. 1000 ދަރިވަރުންނަށް ކިޔަވައިދެވޭ ގޮތަށް އާ ސްކޫލުގެ އިމާރާތް ޑިޒައިންކޮށްފައިވާއިރު ހަ ބުރިއަށް އިމާރާތް ކުރާ އެ ސްކޫލުގައި 41 ކްލާސްރޫމް ހުންނާނެ އެވެ. ކޮންމެ ކްލާހެއްގައި ވެސް ގިނަވަގެން ކިޔަވައިދޭނީ 25 ދަރިވަރުންނަށެވެ. 

މިނިސްޓްރީން ބުނާ ގޮތުގައި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގައި 2022 ވަނަ އަހަރުގެ ދިރާސީއާ އަހަރާއެކު ކިޔަވައިދޭން ފެށޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް