ads
އެމްއާރްއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން: ފޮޓޯ- އަވަސް
އެއްވެ އުޅުމުގެ ހައްގު ހޯދައިދޭން އެމްއާރްއެމްއިން މަޖިލީހަށް ގޮވާލައިފ
އެއްވެ އުޅުމުގެ ގާނޫނުން ހަނިކޮށްފައިވާ ހައްގުތައް ހޯދައިދޭން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފިއެވެ.

އެމްއާރްއެމް އިން ކޮށްފައިވާ ޓުވީޓެއްގައި ބުނީ، އެއްވެ އުޅުމުގެ ގާނޫނުން ލިބިދޭ ހައްގުތައް ހަނިކޮށް، ކުރީ ސަރުކާރުން 2016 ވަނަ އަހަރު ގާނޫނަށް ގެނައި ބަދަލު އުވާލުމަކީ މި ސަރުކާރުގެ ކޯލިޝަނުން އެއްބަސްވެ، ރައްޔިތުންނަށް ވެފައިވާ ވައުދެއް ކަމަށެވެ. 

އެގޮތުން ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް އެއްވެ އުޅުމުގެ ގާނޫނުން ހަނިކޮށްފައިވާ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ކަންތައް އަވަސް ކުރުމަށް އެމްއާރްއެމް އިން ވަނީ ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައެވެ. 

ނަމަވެސް، އެމްއާރްއެމް އިން ބުނީ، މުޖުތަމައުގެ އަމާންކަމާއި، ރައްޔިތުންގެ ރައްކާތެރިކަމަށް ނުރައްކާވެ، އާންމު މަސްލަހަތު ގެއްލޭ ގޮތަށް އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުމަކީ އެ ޕާޓީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، އަދި އެކަންތައް އެޕާޓީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. 

އެމްއާރްއެމްއިން މިހެން ބުނެފައިވަނީ ޕީޕީއެމް/ޕީއެންސީ އިން އިންތިޒާމުކޮށްގެން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ "ނޭވާ ހޮޅި" އެއްވުން ނުބާއްވަން ފުލުހުން ދީފައިވާ އިންޒާރާ ގުޅުވައިގެންނެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް