އުރީދޫ އިން ބުނީ، އެންމެ ހަލުވި އަދި އެންމެ އަގުހެޔޮ އިންޓަނެޓް ކަމަށްވާ ސުޕަ-ނެޓްގެ ހިދުމަތް ނިލަންދޫއަށް ތައާރަފްކޮށްފައިވާ ކަމަށާއި، މި ހިދުމަތަށް އޮންލައިންކޮށް މެދުވެރިކޮށް އެޕަލްލައި ކުރެވޭނެ ކަމަށެވެ.
މި ހިދުމަތުގެ ދަށުން ބޮޑެތި ޑޭޓާ އެލަވަންސާއެކު ފުރިހަމަ ޕެކޭޖްތަކެއް ލިބޭނެ ކަމަށާއި، އަދި ހިދުމަތް ހޯދުމަށް އެންމެ ކައިރީގައިވާ އުރީދޫ ޕާޓްނާޝިޕަށް ޒިޔާރަތް ކުރުމުން ލިބޭނެ ކަމަށްވެސް އުރީދޫ އިން ބުނެއެވެ.
ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިމުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމަށް އުރީދޫ ސުޕަ-ނެޓް ޕެކޭޖްތަކަށް ބަދަލުތަކެއް ގެނެސް މިދިޔަ އަހަރު އަޕްގްރޭޑްކޮށްފައިވާއިރު، އެ ކުންފުނިން އަންނަނީ ރާއްޖޭގެ އެކި ރަށްރަށަށް މި ހިދުމަތް ފޯރުކޮށްދީ ފުޅާކުރަމުންނެވެ.