ads
ފޭރޭ ވީޑިއޯގެ ސީސީޓީވީ ފުޓޭޖް ފޮޓޯއެއް
މޫނު ނިވާކޮށްގެން އައްޑޫގައި ފިހާރަކަށްވަދެ ވަޅިން ބިރުދައްކައި ފޭރިއްޖެ
އައްޑޫގައި ފިހާރަކަށް މޫނު ނިވާކޮށްގެން ހުރި މީހަކު ވަދެ ވަޅިން ބިރުދައްކައި ފޭރިއްޖެ އެވެ.
Advertisement

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި އައްޑޫގެ ކޮސްމެޓިކްސް ފިހާރައަކަށް މޫނު ނިވާކޮށްގެން ހުރި އެ މީހާ ވަދެފައިވަނީ މިއަދު މެންދުރު 15:04 ހާއިރުއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އެކަމާގުޅޭ މައުލޫމާތެއް އަދި ލިބިފައިނުވާކަމަށެވެ. 

ޖުއްބާއަކާއިއެކު ފޮތިގަނޑަކުން މުޅި މޫނު ނިވާކޮށްގެން ހުރި އޭނާ ފުރަތަމަވެސް ފިހާރައަށްވަަދެ އެތަނުގައި ތިބި ދެ އަންހެން ކުދިންނަށް ވަޅިން އިޝާރާތްކޮށް ދުރަށް ޖެހުމަށް ބުނެއެވެ. އަދި އެ ކުދިން ދުރަށް ދިއުމުން ވަތްގަނޑުން ގިނަ އަދަދެއްގެ ރުފިޔާ ހިފައިގެން އޭނާ އަވަސް އަވަހަށް ނިކުމެގެންދާތަން ފެނެއެވެ.

ފުޓޭޖުން ފެންނަ ގޮތުން އެވަގުތު އެތަނުގައި ތިބި ދެކުދިންވެސް ބިރުން އުޅޭ މަންޒަރު ފެނެއެވެ.

މިކަމާއި ގުޅިގެން ފުލުހުންނާއި ސުވާލުކޮށްލުމުން އެ ކަމުގެ ތަފްސީލެއް ބަލާލާފައި ސާފުކޮށްދޭނެ ކަމަށް ވިދާޅުވިނަމަވެސް މިހާތަނަށް އެކަމާއި ބެހޭ ގޮތުން ޖަވާބެެއް ދީފައެއްް ނުވެއެވެ.

33%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް