ads
ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު
ނެރުތައް ބަންދުކުރިއްޔާ ފަތާފަ ނަމަވެސް މާލެ އަރާނަން، އިހުތިޖާޖު ނުހުއްޓޭނެ!: ޝުޖާއު
މިއަދު އިދިކޮޅު ޕީޕީއެމް ކޯލިޝިނަނުން ބާއްވަން އުޅޭ އިހުތިޖާޖަށް މާލެ އަންނަ މީހުން ހުއްޓުވަން ނެރުތައް ބަންދުކުރަން އުޅޭކަން އެގޭ ކަމަށާއި، އެކަން ކޮށްފިނަމަ މޫދަށް ފުއްމާލައިގެން ފަތާފައި ނަމަވެސް މާލެ އަރަން ޕީއެންސީގެ ނައިބު ރައީސް ޝުޖާއު ގޮވާލަައިފި އެވެ.
Advertisement

ޕީޕީއެމް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ޝުޖާއު ވިދާޅުވީ، ހުކުރު ދުވަހުގެ "ނޭވާ ހޮޅިއަށް" އިހުތިޖާޖަށް ގިނަ ބަޔަކު މިއަދު މާލެ އަރާނެ ކަމަށެވެ. އެކަން ހުއްޓުވަން ކޯސްޓުގާޑުން ފޮނުވައިގެން މާލޭ ނެރުތައް ބަންދުކުރަން އުޅޭކަންވެސް އެގޭކަން ފާހަަގަކުރެއްވިއެވެ. 

"މާލެ އައިސްގެން މިކަން ކުރެވޭނީ. މާލޭގައި އޮތީ ވެރިކަން. ރައްޔިތުން އެބަޖެހޭ މާލެ އަރައި ވެރިކަން އިސްލާހުކުރުމުގެ މަސައްކަތުގައި އަޅުގަނޑުމެންނާއިއެކު ދެމިތިބޭން. އަޅުގަނޑުމެންނަށް އެގޭ މާލޭގެ ނެރުތައް ބަންދުކުރަން ކޯސްޓު ގާޑުން ނިކުންނަކަން. އެހެންވީމަ ބަންދުކޮށްފިއްޔާ ފުއްމާލާނީ އެންމެން. ނެރުކައިރިއަށް ފުންމާލާފައި ފަތާފައި މާލެ އަރާނީ" ޝުޖާއު ވިދާޅުވިއެވެ.

އެހެން އެކަން ކޮށްގެން ނަމަވެސް މިވެރިކަން އިސްލާހު ކުރަންޖެހޭ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އެއީ ޕީޕީއެމްގެ މައްޗަށް އޮތް ލާޒިމު ކަމެއް ކަމަށެވެ. އެހެންކަމުން މިއަދު ބާއްވާ އިހުތިޖާޖަކީ އެކަން ކުރަން ބާއްވާ އިހުތިޖާޖެއްކަން ފާހަގަކުރެއްވިއެވެ. 

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝުޖާއު އިތުރަށް ވިދާޅުވީ، ޕީޕީއެމްގެ ސިޔާސީ ހަރަކާތް ހިންގަނީ އިމްރާން އެކަން ކުރި ގޮތަށް ނޫންކަމަށާއި، މިރުސް ދުންޖަހާއި، އަލިފާން ބޯޅަ އުކައިގެން މަގުމަތިން ވެރިކަން ވައްޓާލުމަކީ ޕީޕީއެމްގެ ސިޔާސަތެއް އަދި ގޮތެއްވެސް ނޫންކަމަށެވެ. 

އޭނާ ވިދާޅުވީ، މި ސަރުކާރަކީ މިހާރުވެސް ވެއްޓިފައި އޮތް ސަރުކާރެއް ކަމުން މިއަދު ނިކުންނަނީ އެކަން ކުރަން ނޫންކަމަށާއި، ޕީޕީއެމް ނިކުންނަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭރުކުރުމަށް ކަމަށެވެ.

ޕީޕީއެމްގެ އިހްތިޖާޖް ބާއްވުމުގެ ފުރުސަތު ނުދޭނެ ކަން ފުލުހުން މިހާރު އޮތީ ހާމަ ކޮށްފައެވެ. ނަމަވެސް ޕީޕީއެމް އިން އަންގަނީ މިއަދު ހަވީރު އެ އިހުތިޖާޖު އޮންނާނެ ކަމަށެވެ.

43%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް