ads
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނަރީޝް ހައްޔަރުކުރުން -- ފޮޓޯ: ޓުވިޓާ
ނޭވާހޮޅި އިހުތިޖާޖު ނުފަށަނީސް ޑެޕިއުޓީ މޭޔަރު ނަރީޝް ހައްޔަރުކޮށްފި
އިދިކޮޅުން އިންތިޒާމުކޮށްގެން ބާއްވާ ނޭވާހޮޅި ހަރަކާތް ނުފަށަނީސް، އެ ސަރަހައްދުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހައްޔަރުކޮށްފިއެވެ.

"ސީއެންއެމް"އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، އިހުތިޖާޖު ނުފަށަނީސް، ފުލުހުން ވަނީ ޕީޕީއެމް އޮފީސް ސަރަހައްދުން ނަރީޝް ހައްޔަރުކޮށްފައި ކަމަށެވެ. 

ޕީޕީއެމްގެ ނޭވާހޮޅި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު 15:45 ގައި ޕީޕީއެމް އޮފީސް ސަރަހައްދުން ކަމަށްވާއިރު، ފުލުހުން ވަނީ ދުރާލައި މުޅި އެ ސަރަހައްދު ބެރިގޭޓް ޖަހައި ބަންދުކޮށްފައެވެ. 

މިކަމާ ގުޅިގެން ޕީޕީއެމް އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މުޅި ފުލުހުންގެ މުއައްސަސާ ނެރި ސަރުކާރު ވަނީ ނޭވާ ހޮޅިއަށް އެޅިފައި ކަމަށާއި، އަދި އެ ޕާޓީން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތަށްވެސް އަންނަނީ ހުރަސް އަޅަމުން ކަމަށެވެ. 

މިގޮތުން ޕީޕީއެމް އިން ވަނީ އެ ޕާޓީން މިއަދު ބާއްވަން ހަމަޖެހިފައިވާ ހަރަކާތަށް ހުރަސްއެޅުމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިވެސްކޮށްފައެވެ.

ޕީޕީއެމް އިން ބާއްވާ ނޭވާހޮޅި ހަރަކާތަކީ ގާނޫނާ ހިލާފު ހަރަކާތެއް ކަމަށް ބުނެ، ފުލުހުން ވަނީ މީގެ ކުރިން އެ ހަރަކާތް ނުބޭއްވުމަށް އިންޒާރުވެސްދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް