ads
ނޭވާހޮޅި ހަރަކާތުގެ ތެރެއިން -- ފޮޓޯ: ޓުވިޓާ
ނޭވާހޮޅި ހަރަކާތަށް ހުރަސް ނާޅާ، ހައްޔަރުކުރި މީހުން ދޫކޮށްލާ: ޕީޕީއެމް
އިދިކޮޅުން އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތަށް ހުރަސް ނާޅައި، ހައްޔަރުކޮށްފައިވާ ފަރާތްތައް ދޫކޮށްލުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އިލްތިމާސްކޮށްފިއެވެ.
Advertisement

ޕީޕީއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ޕާޓީން އިންތިޒާމުކޮށްގެން މިއަދު ހަވީރު ކާނިވާ ސަރަހައްދުގައި ގާނޫނާއި އެއްގޮތަށް ބާއްވާ ސުލްހަވެރި ހަރަކާތަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. 

ނޭވާހޮޅި ހަރަކާތަށް ހުރަސް އެޅުމުގެ ގޮތުން ޕީޕީއެމްގެ ޕާޓީ އޮފީސް ހުންނަ ސަރަހައްދު މަގާއެއްކޮށް ބަންދުކޮށް، ޕާޓީ އޮފީހަށް ވަދެ ނިކުތުން މަނާކޮށް، ކަނޑުދަތުރުފަތުރަށް ހުރަސްއެޅުމުގެ އިތުރުން، ހަރަކާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކާނިވާ ތައްޔާރުކުރުމަށްޓަކައި، ޕާޓީ އޮފީހުން ކާނިވަލަށް ތަކެތި ގެންދިޔުމާއި، އޮފީހުގެ މުވައްޒަފުންގެ ދަތުރުފަތުރަށް ހުރަސް އަޅާ މަސައްކަތުގައި އިދާރީ ގޮތުން ހަރަކާތްތެރިވާ ފަރާތްތައް ހައްޔަރުކުރަމުންދާ ކަމަށްވެސް ޕީޕީއެމް އިން ވަނީ ބުނެފައެވެ. 

މީގެއިތުރުން ޕީޕީއެމް އިން ބުނީ، އެޕާޓީގެ ވެރިންނާއި، މުވައްޒަފުންގެ އިތުރުން، ރައްޔިތުންނާއި، މާލެ ސިޓީގެ މޭޔަރާއި، ޑެޕިއުޓީ މޭޔާރާއި އަދި މާލެ ސިޓީ ކައުންސިލްގެ މެންބަރުންނާއި، އަތޮޅު ކައުންސިލްގެ ރައީސުންނާއި، ރަށްރަށުގެ ކައުންސިލް މެންބަރުންނަށްވެސް ޕާޓީ އޮފީސް ސަރަހައްދަށް ވަދެ ނިކުތުމަށް ހުރަސްއަޅަމުން އަންނަ ކަމަށެވެ. 

" މި ޕާޓީގެ ކައުންސިލް މެންބަރު މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ އިތުރުން، އިތުރު ބޭފުޅުންވެސް އޮފީހަށް ވަންނަން ހިނގާފައި ދަނިކޮށް ގާނޫނާއި ހިލާފަށް ހައްޔަރުކޮށްފައިވާކަން ފާހަގަކުރަން. އަދި ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލަން ގޮވާލަން. ހަމައެއާއެކު މި ޕާޓީގެ ހަރަކާތް ގާނޫނުގައިވާ ގޮތުގެ މަތިން ކާނިވާ ސަރަހައްދުގއި ކުރިޔަށް ގެންދިޔުމަށް ހުރަން ނޭޅުމަށް އިލްތިމާސްކޮށް ނަސޭހަތްތެރިވަން" ޕީޕީއެމް އިން ނެރުނު ނޫސް ބަޔާނުގައި ވަނީ ބުނެފައެވެ.

ނޭވާހޮޅި ހަރަކާތް ފެށުމުގެ ކުރިން ފުލުހުން ވަނީ ޕީޕީއެމް އޮފީސް ސަރަހައްދު ބެރިގޭޓް ޖަހައި ބަންދުކޮށް، ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދުގައި އަމާން ބެލެހެއްޓުމަށް ބައިތިއްބާފައެވެ. 

ޕީޕީއެމް އިން މިއަދު ބާއްވަމުން އަންނަ ނޭވާހޮޅި ހަރަކާތް ނުބޭއްވުމަށާއި، އެއީ ގާނޫނާ ހިލާފު ހަރަކާތެއް ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެ އިންޒާރުވެސް ދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް