ޕްލޭ އޮފްގައި ނޯތު މެސެޑޯނިއާ އަތުން އިޓަލީ ބަލިވީ ބުރާސްފަތި ދުވަހުގެ ރޭ އެއް ލަނޑު ސުން ލަނޑުންނެވެ. މިއީ އެންމެ ފަހުގެ ޔޫރޯގެވެސް ޗެމްޕިއަންކަން ހޯދައި އަދި ވޯލްޑްކަޕުގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ އިޓަލީ ވޯލްޑްކަޕަށް ކޮލިފައި ނުވެ ނިންމާލަން ޖެހުނު ވިދިވިދިގެން ދެވަނަ ފަހަރެވެ. އެންމެ ފަހުން އޮތް ވޯލްޑްކަޕް މުބާރާތަށްވެސް އިޓަލީ ކޮލިފައިނުވެއެވެ.
މީގެ ހަތަރު އަހަރު ކުރިން ރަޝިޔާގައި އޮތް ވޯލްޑް ކަޕުންވެސް އިޓަލީއަށް ފުރުސަތު ގެއްލުނީ ޕްލޭ އޮފުގައި ބަލިވެގެންނެވެ. އެފަހަރު ޕްލޭ އޮފްގައި އިޓަލީ ބަލިކުރީ ސްވިޑްން އަތުންނެވެ.