ads
ޕީޕީއެމް އިން ބޭއްވި
ނޭވާހޮޅި ހަރަކާތުން ހައްޔަރުކުރީ 16 މީހުން: ޕީޕީއެމް
ޕީޕީއެމް އިން އިންތިޒާމުކޮށްގެން ބޭއްވި "ނޭވާހޮޅި" ހަރަކާތުން 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

"ސީއެންއެމް" އަށް މައުލޫމާތު ދެމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިއަދު އެ ޕާޓީން ބޭއްވި ހަރަކާތުގައި ހައްޔަރުކޮށްފައިވަނީ ޖުމްލަ 16 މީހުން ކަމަށެވެ. 

ޕީޕީއެމް އިން އެޕާޓީން ބޭއްވި ހަރަކާތުން 16 މީހުން ހައްޔަރުކުރި ކަމަށް ބުނެފައިވީ ނަމަވެސް، ހައްޔަރުކުރި މީހުންގެ ތަފްސީލު ފުލުހުން އަދި ހާމައެއް ނުކުރެއެވެ. 

މި ހަރަކާތުން ހައްޔަރުކުރި 16 މީހުންގެ ތެރޭގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި، ޕީޕީއެމްގެ އަދި ޕީއެންސީގެ ނައިބު ރައީސުން ކަމަށްވާ ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫނާއި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ހިމެނޭ ކަމަށް ޕީޕީއެމް އިން ބުނެއެވެ. 

ޕީޕީއެމް އިން ބޭއްވި ނޭވާހޮޅި ހަރަކާތް ފެށުމުގެ ކުރިން ފުލުހުން ވަނީ އެ ހަރަކާތް ފެއްޓުމަށް ހަމަޖެހިފައިވާ ޕީޕީއެމް އޮފީސް ސަރަހައްދު ބެރިކޭޑް ޖަހައި ބަންދުކޮށް، ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދުގައި އަމާން ބެލެހެއްޓުމަށް ބައިތިއްބާފައެވެ. 

ޕީޕީއެމް އިން މިއަދު ބޭއްވި ނޭވާހޮޅި ހަރަކާތް ނުބޭއްވުމަށާއި، އެއީ ގާނޫނާ ހިލާފު ހަރަކާތެއް ކަމަށް ބުނެ ފުލުހުން ވަނީ މީގެ ކުރިން އިންޒާރުވެސް ދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް