އއ.ބޮޑުފުޅަދުއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ނާޖިލާ ލުތުފީ މަރުވެފައި އޮއްވާ ފެނުނީ, އޭނާގެ ހަބަރެއް ނުވެގެން ގެސްޓު ހައުސްގައި އޭނާ ހުރި ކޮޓަރި ބެލުމުންނެވެ.
މި މައްސަލައާއި ބެހޭގޮތުން “ސީއެންއެމް”އިން ސުވާލުކުރުމުން ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު މުޅިން ނުނިމޭތީ އަދި ވަކި އެއްޗެއް ދަންނަވަން ދަތި ކަމަށާއި, މިހާތަނަށް ބެލި ބެލުމުން މި މައްސަލައިގައި މީހެއްގެ ބައިވެރިވުމެއްް އޮތްކަމަށް ފެންނަން ނެތް ކަމަށެވެ.
ގާފަރު ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުން ނާޖިލާ އެ ރަށަށް ގޮސް އުޅުނީ އެކަންޏެވެ. އަދި ގެސްޓު ހައުސްގައި ވެސް އުޅެފައިވަނީ އެކަންޏެވެ.
ނާޖިލާގެ ހަށިގަނޑު މާލެ ގެނެސް ވަޅުލީ މިދިޔަ ބުދަ ދުވަހުގެ ފަތިސް ނަމާދަށްފަހުގައެވެ.