ads
ބީސީއެމްއިން ބޭއްވި ޕެކޭޖް ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ިއިޖުތިމާއީ އެހީގެ ދަށުން ބީސީއެމްއިން ކާބޯތަކެތީގެ 30 ޕެކޭޖު ހަދިޔާ ކޮށްފި
އަންހެނުން ބާރުވެރި ކުރާ ޖަމިއްޔާ އެއްކަމަށްވާ ބީސީއެމްގެ ފަރާތުން 30 މެންބަރަކަށް، އިޖުތިމާއީ އެހީގެ ދަށުން ކާބޯތަކެތީގެ ޕެކޭޖު ފޯރުކޮށްދީފި ކަމަށް އެ ޖަމިއްޔާ އިން ބުނެފިއެވެ.

ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީ.ސީ.އެމް)ގެ ފަރާތުން ކުރިއަށް ގެންދާ އިޖުތިމާއީ އެހީގެ ދަށުން، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް އަމާޒުކޮށްގެން ޖަމިއްޔާގެ 30 މެންބަރަކަށް ކާބޯތަކެތީގެ ޕެކޭޖު ފޯރުކޮށްދީފި ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ. 

ރޭ މެންހެޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި މާހެފުން ހަރަކާތުގައި ބީ.ސީ.އެމްގެ ފަރާތުން ކާބޯތަކެތީގެ ޕެކޭޖް މެންބަރުންނަށް ހަވާލުކޮށްދެއްވީ ޖަމިއްޔާގެ އެގްޒެކިއުޓިވް ޑިރެކްޓަރު އިބްރާހީމް މުހައްމަދެވެ.  

your imageޕެކޭޖް ހަވާލުކުރަނީ

ބީ.ސީ.އެމްގެ ހަރަކާތްތެރި މެންބަރުންނަށް ކޮންމެ ރަމަޟާން މަހެއްގައި ކާބޯތަކެތީގެ ޕެކޭޖު ފޯރުކޮށްދިނުމުގެ އިތުރުން، އުފަންވާ ކޮންމެ ކުއްޖަކަށް ތަންމަތި ފޮށި ދިނުމަށް ހަމަޖެހިފައި ވެއެވެ. 

ބީސީއެމްގެ ފަރާތުން ރޭ މެންހެޓަން ބިޒްނަސް ހޮޓެލްގައި އިންތިޒާމުކުރި މާހެފުން ހަރަކާތް ބާއްވާފައިވަނީ އާންމުކޮށް ހުޅުވާ ލައިގެން ނެވެ. 

މި މާހެފުމުގައި 70އަށް ވުރެ ގިނަ މީހުން ބައިވެރިވެފައި ވާކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް