ކެނެޑާ ވޯލްޑް ކަޕަށް ކޮލިފައިވީ، އުތުރު އެމެރިކާގެ ކޮލިފައިން ބުރުގައި އާދިއްތަ ދުވަހުގެ ރޭ ބޮޑު ތަފާތަކުން ޖެމެއިކާ އަތުން މޮޅުވެގެންނެވެ. ޖެމެއިކާ އަތުން ކެނެޑާ އާދިއްތަ ދުވަހުގެ ރޭ ކުޅުނު ކޮލިފައިން މެޗުން މޮޅުވީ ހަތަރު ލަނޑު ސުން ލަނޑުންނެވެ.
ރޭގެ މެޗާއި އެކު ކެނެޑާއަށް ވޯލްޑް ކަޕުން ޖާގައެއް ކަށަވަރުވީ ކޮލިފައިންގައި ބާކީ އެއް މެޗު އޮއްވައެވެ. ބާކީ އެއް މެޗު އޮއްވާ ކެނެޑާ ޖާގަ ކަށަވަރު ކުރިއިރު އެ ޓީމުންވަނީ އަށާވީސް ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕުގެ ބާކީ ޖާގަތަކުން ވާދަކުރަނީ އެމެރިކާ ކޮސްޓަރީކާ އަދި މެކްސިކޯއެވެ. މި ތިން ޓީމުގެ ތެރެއިން ފުރުސަތު ލިބޭނީ ދެ ޓީމަށެވެ.