ads
ނ. މަގޫދޫ
މަގޫދޫ ކައުންސިލުން ފުރަތަމަ ފަހަރަށް ތަރާވީސް ކުރާމީހަކު ގެންނަނީ
ނ. މަގޫދޫ ކައުންސިލުން ފުރަތަމަ ފަހަރަށް ތަރާވިސް ކުރާ މީހަކު ގެންނަން ނިންމާފައިވާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.
Advertisement

އެ ކައުންސިލްގެ ރައީސް ފަތުހުއްﷲ ނަސީރު، "ސީއެންއެމް' އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ، ކުރިން ރަމަޟާން މަހު މިސްކިތުގައި ތަރާވީސް ކުރާ ބޭފުޅަކު ރަށަށް ގެންނަނީ ރަށުގެ ޖަމިއްޔާ އެއް ކަމަށްވާ "މަގޫދޫ ޔޫތު ޑިވޮލޮޕްމެންޓް" ގެ ފަރާތުން ކަމަށެވެ.

ނަމަވެސް މި އަހަރު ކައުންސިލުން މިސްކިތުގައި ތަރާވީސް ކުރާ ފަރާތެއް ގެންނަން ނިންމާ ފައިވާ ކަމަށާއި، ތަރާވީސް ކުރާ ބޭފުޅާ މާލެ އަންނާނެ ކަމަށް ސަރުކާރުން ބުނެފައިވަނީ މިމަހުގެ 30 ގައި ކަމަށެވެ. އަދި މަގޫދޫ އަށް އެ ބޭފުޅާ ވަޑައިގަންނަވާނެ ކަމަށް އޮތީ 31 ވާ ބުރާސްފަތި ދުވަހުގައި ކަމަށް ފަތުހުއްﷲ ވިދާޅުވިއެވެ.

އަދި ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން 300 މީހުންގެ ޖާގައިގެ މިސްކިތް ކަމަށްވާ މަސްޖިދުލް އިސްރާގައި އެސީ ހަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށާއި، މާދަމާގެ ނިޔަލަށް މަސައްކަތް ކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި ރަމަޟާން މަހު މަގޫދޫގައި ތަރާވީސް ކުރަން ހަމަޖެހިފައިވަނީ މަސްޖިދުލް އިސްރާގައި ކަމަށްވެސް ފަތުހުއްﷲ ވިދާޅުވިއެވެ.

ފަތުހުއްﷲ އިތުރަށް ވިދާޅުވީ ރަމަޟާން މަހާ ދިމާކޮށް އިސްރާ މިސްކިތުގައި ހަރު ކުރާ އޭސީ އަކީ ހެޔޮ އެދޭ ފަރާތްތަކާއި، އެ ރަށު ފެނަކަ ބުރާންޗުން ހަދިޔާ ކޮށްދެއްވި އެސީ ތަކެއް ކަމަށެވެ. އެގޮތުން ފެނަކާއިން ހަ އޭސީ ހަދިޔާ ކޮށްދެއްވި އިރު، އާންމު ފަރާތެއް، އެއް، އޭސީ ހަދިޔާ ކޮށް ދެއްވި ކަމަށް ފަތުހުއްﷲ ވިދާޅު ވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް