ޕޯޗުގަލް ކޮލިފައިވީ، އަންގާރަ ދުވަހުގެ ރޭ، ނޯތު މެސެޑޯނިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެގެންނެވެ. މި މެޗުން، ކްރިސްޓިއާނޯ ރޮނާލްޑޯ ކެޕްޓަންކަން ކުރާ ޕޯޗުގަލް މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ. މެޗުގައި ޕޯޗުގަލުން ޖެހި ދެ ލަނޑުވެސް ޖެހީ ބްރޫނޯ ފެނާންޑޭސްއެވެ.
ނޯތު މެސެޑޯނިއާ އަތުން ޕޯޗުގަލް މޮޅުވިއިރު އެ ޓީމުންވަނީ ކޮލިފައިންގައި މި ހަފްތާ ތެރޭ އިޓަލީ ބަލިކޮށް، އިޓަލީއަށް ގަތަރު ވޯލްޑް ކަޕުން ފުރުސަތު ގެއްލުވާލާފައެވެ.