ads
ވެލި ނަގާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް
ގަވައިދާއި ހިލާފަށް ވެލި ނަގާނަމަ ފިޔަވަޅު އަޅާނަން: އީޕީއޭ
ރާއްޖޭގެ ރަށްތަކުން ގަވައިދާއި ހިލާފަށް ވެލި ނަގާނަމަ އެ ފަރާތްތަކާއި މެދު ފިޔަވަޅި އަޅާނެ ކަމަށް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭއިން މިހެން ބުނެފައި ކުރިއަށް މިއޮތް ރަމަޟާން މަހާއި ދިމާކޮށް ގޭތެރެ ޒީނަތްތެރި ކުރުމުގެ ގޮތުން ގިނަ ބަޔަކު ވެލި ނަގާ މައްސަލަ އެ އޭޖެންސީގެ ސަމާލުކަމަށް އައިސްފައި ވުމުންނެވެ. 

މިކަމާއި ގުޅިގެން އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މީހުން ދިރިއުޅޭ ރަށްރަށުންނާއި، ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށުންނާއި، ފަޅުރަށްރަށުންނާއި އަދި ހިކިފަ ހުންނަ ތުނޑިތަކާއި ފިނޮޅު ފަދަ ތަންތަނުން ގިނަ އަދަދަކަށް ވެލި ނަގަމުންދާ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށާއި، މިކަމުގެ ސަބަބުން އެ ތަންތަނަށް ބޮޑެތި ގެއްލުންތައް ލިބެމުން އަންނަ ކަމަށެވެ. 

އަދި މިކަންކަން ކުރާ ފަރާތްތައް ހޯދާ އެފަރާތްތަކާއި މެދު ގާނޫނީ ގޮތުން އެޅެން އޮން ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ. 

އީޕީއޭގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ވެލި ނަގަން ހާއްސަ ކުރެވިފައިވާ ވަކި ސަރަހައްދުތަކާއި ވަކި އުސޫލުތަކެއް ކަނޑައަޅާ އެ މައުލޫމާތު ކައުންސިލްތަކާއި ހިއްސާކުރެވިފައިވާނެ ކަމަށާއި، ވެލި ނަގަން ބޭނުންވާ ފަރާތްތަކުން ކައުންސިލް ތަކާއި ގުޅިގެން އެކަން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ. 

އަދި ތިމާވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ހަމައެކަނި އީޕީއޭއަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަމަށް ހުރިހާ ފަރުދުންގެ އެހީތެރިކަން ބޭނުން ވާނެ ކަމަށްވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް