ads
ފްލޯޓިން ސިޓީ އެމްއޯޔޫގައި ސިޓީ ކައުންސިލުން ސޮއި ކުރަނީ--
ފްލޯޓިން ސިޓީ މަޝްރޫއުގައި މާލޭ ސިޓީ ކައުންސިލުން ބައިވެރިވެއްޖެ
މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއު އާއި ގުޅޭ އެމްއޯޔޫ އެއްގައި ޑަޗް ޑޮކްލޭންޑްސް އިންޓަނޭޝަނަލް އާއެކު މާލެ ސިޓީ ކައުންސިލުން ސޮއި ކޮށްފި އެވެ.
Advertisement

މާލޭ ސިޓީ ކައުންސިލުން ބުނީ މި އެމްއޯޔޫގެ ބޭނުމަކީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިނުމަށް މަސައްކަތްކުރުން ކަމަށެވެ.

މިކަމާއި ގުޅޭގޮތުން މޭޔަރު ޑރ މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ކިތަންމެ ކުޑަ ނަމަވެސް ހައްލެއް ލިބޭ ކަމެއްގައި އެމަނިކުފާނާއި މިހާރުގެ ކައުންސިލުން އެކަމަކަށް މަރުޙަބާ ކިޔާނެ ކަމަށެވެ. މޭޔަރު އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ މާލެ ސިޓީގެ ރައްޔިތުންނަށް އަގުހެޔޮކޮށް ބޯހިޔާވަހިކަން ލިބޭނެ ފުރުސަތުތަށް ހޯދައިދިނުންކަން މި އެމްއޯޔޫއިންވެސް ދޭހަވެގެންދާކަމުގައެވެ.

މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއުގައި ޕާޓްނަރެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެފައި މިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 46 ވަނަ ރަސްމީ އާއްމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 14 ކައުންސިލަރުންގެ އިއްތިފާގުން އެ މަޝްރޫއުގައި ބައިވެރިވާން ހުއްދަ ދިނުމުންނެވެ.

މި އެމްއޯޔޫގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒުއެވެ. އަދި ޑަޗް ޑޮކްލޭންޑްސް އިންޓަނޭޝަނަލްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ޕައުލް ވެން ޑީ ކޭމްޕް އެވެ.

މާލޭ ސަރަހައްދުގެ ފަޅުތެރޭގައި ތަރައްގީކުރަމުންދާ "ފްލޯޓިން ސިޓީ"ގެ 5،000 ގެ އެޅުމުގެ މަސައްކަތް، ސަރުކާރުން ހަވާލުކުރި، ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް އާއި ބައިސަން މޯލްޑިވްސްއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

މާލެއިން ފުރައިގެން ސްޕީޑް ލޯންޗުގަައި ފަސް މިނެޓުން ދެވޭ މި ފްލޯޓިން ލޭންޑުގައި ތަރައްގީ ކުރާ 5000 ގެތަކުގެ ތެރެއިން ފުރަތަމަ ގެ އީދަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން މީގެ ކުރިން ވަނީ ބުނެފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް