ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރުއަތު ނެގުން މިރޭ އޮންނައިރު، މުބާރާތުގައި ވާދަކުރާ ބައްތިރީސް ޓީމުގެ ތެރެއިން އޮނަތިރީސް ޓީމުވަނީ ކަށަވަރުވެފައެވެ. ބާކީ ތިން ޓީމު އެނގޭނީ އަންނަ ޖޫން މަހު އޮންނަ ޕްލޭއޮފްގެ މެޗުތަކަށް ފަހުއެވެ. ޖޫން މަހު އޮންނަ ޕްލޭ އޮފްގައި ބާކީ ތިން ޖާގައިގެ ތެރެއިން އެއް ޖާގައަށް ވާދަކުރާނީ ޔުކްރޭން ވޭލްސް އަދި ސްކޮޓްލަންޑްއެވެ. އެއީ ޔޫރަޕުގެ ޕްލޭ އޮފް ޖާގައެވެ. ބާކީ ދެ ޖާގައަކީ އިންޓަރކޮންޓިނެންޓަލް ޕްލޭ އޮފްގެ މެޗުތަކެވެ. އެއީ ކޮސްޓަރިކާ އަދި ނިއުޒިލަންޑް އަދި ޔޫއޭއީއާ އޮސްޓްރޭލިއާއެވެ.
މިހާތަނަށް ގަތަރު ވޯލްޑް ކަޕުން ފުރުސަތު ހޯދާފައިވާ ޓީމްތައް
މުބާރާތް ހޯސްޓް ކުރާ ގައުމުގެ ހައިސިއްޔަތުން: ގަތަރު
އެފްރިކާ: ކެމަރޫން، ގާނާ، މޮރޮކޯ، ސެނަގާލް، ޓިއުނީޝިއާ
އޭޝިއާ: އިރާން، ޖަޕާން، ސައުދީ އަރަބިއްޔާ، ދެކުނު ކޮރެއާ
ނޯތް، ސެންޓްރަލް އެމެރިކާ އަދި ކެރީބިއަން: ކެނެޑާ، މެކްސިކޯ، ޔޫއެސްއޭ
ޔޫރަޕް: ބެލްޖިއަމް، ކްރޮއޭޝިއާ، ޑެންމާކް، އިންގްލަންޑް، ފްރާންސް، ޖަރމަނީ، ހޮލެންޑް، ޕޮލެންޑް، ޕޯޗުގަލް، ސަރބިއާ، ސްޕެއިން، ސްވިޓްޒަލަންޑް
ދެކުނު އެމެރިކާ: އާޖެންޓީނާ، ބްރެޒިލް، އެކުއެޑޯ، އުރުގުއޭ
ގަތަރު ވޯލްޑްކަޕް އޮންނާނީ އަންނަ ނޮވެންބަރު މަހުގެ އެކާވީހުން ޑިސެންބަރު އަށާރައަށެވެ.