“ސީއެންއެމް” އަށް މައުލޫމާތު ދިން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތަކުން ބުނީ އެ ހާދިސާ ހިނގާފައިވަނީ އެހެން ފްލޯއަކުން ތިރިއަށް ވައްޓާލި ސިގްރޭޓް ފިލްޓައެެެއް ފްލެޓެއްގެ ބެލްކަންޏަށް ވެއްޓިގެން ކަމަށް ބެލެވޭ ކަމަށެވެ.
އަލިފާން ހިފީ ބެލްކަނީގައި ބަހައްޓާފައި ހުރި ރަބަރުތަކެއްގައި ކަމަށް އޭނާ ބުންޏެވެ.
ބެލްކަނީގައި ގަދައަށް ހުޅުހިފި ނަމަވެސް މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ އެ ހާދިސާގައި މީހަކަށް ގެެއްލުން ނުވިނަމަވެސް ބެލްކަނީގައި ބަހައްޓާފައި ހުރި އެއްޗެއްސަށް ގެއްލުން ވެފައިވާ ކަމަށެވެ.