ads
މިނިސްޓަރު ޝައުނާ
33 މިލިޔަން ރުފިޔާގެ ފެނުގެ ނިޒާމުން ހިންގުމުގެ 30 އިންސައްތަ ކުޑަކުރެވޭނެ
ރ. މަޑުއްވަރީގައި ގާއިމް ކުރި 33 މިލިޔަން ރުފިޔާގެ ފެނުގެ ނިޒާމުން 30 އިންސައްތަ ހިންގުމުގެ ހަރަދު ކުޑަ ކުރެވޭނެ ކަމަށް އެންވަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓަރ  ޝައުނާ  ވިދާޅުވީ މި މަޝްރޫޢުގެ ދަށުން 55 ޓަނުގެ 2 ޑީސެލިނޭޝަން ޕްލާންޓު ބެހެއްޓިފައިވާ  ކަ މަށާއި، މި ޕްލާންޓްތައް މެދުވެރިކޮށް ދުވާލަކު 110 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލްކަން މި ނިޒާމަށް ލިބިފައިވާ ކަމަށެވެ.

މި މަޝްރޫޢު ނިމުނުއިރު ފެނުގެ ޒަމާނީ ނިޒާމެއް މަޑުއްވަރީގައި ގާއިމްކޮށް 367 ފެން މީޓަރު ވަނީ ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ބަހައްޓައިދެވިފައެވެ.

މަޑުއްވަރީގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް ޖުމްލަ 33,148,969.81 (ތިރީސް ތިން މިލިއަން  ސަތޭކަ ސާޅީސް އަށް ހާސް ނުވަ ސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ އަށްޑިހަ އެއް ލާރި) ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރެވުނީ އެންވަޔަރަންމަންޓް މިނިސްޓްރީ އިން ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއާ ލިމިޓެޑްއާއި ހަވާލުކޮށްގެންނެވެ. 

މި ނިޒާމް ހިންގުމަށް ހަމަޖެހިފައި ވަނީ އިޔާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ކަމަށާއި، މިގޮތުން ފެން އުފެއްދުމުގެ ހަރަދު ކުޑަކޮށް ތިމާވެއްޓާއި ރައްޓެހި، ދެމެހެއްޓެނިވި ހިދުމަތެއް ދިނުމުގެ ގޮތުން 25 ކިލޯވޮޓުގެ ގެ ސޯލާ ފެނަލްވަނީ ގާއިކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ފެންއުފެއްދުމަށް ކުރެވޭ ހަރަދުތައް ކުޑަކުރުމަށާއި، މަޑުއްވަރީގައި ހުރި ފެނުގެ ގުދުރަތީ ވަސީލަތްތައް އެންމެހެޔޮ ގޮތުގައި ބޭނުންކުރުމަށް އަމާޒުކޮށް ވާރޭފެން ރައްކާކުރުމަށް 600 ޓަނުގެ ތާގީއެއް ވަނީ ބެހެއްޓިފައެވެ. އަދި ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް 400 ޓަނުގެ ތާނގީއެއް ބެހެއްޓިފައިވެއެވެ.

 އަދި 8.6 ކިލޯމީޓަރ ދިގުމިނުގެ ފެންވިއުގައެއް މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވިފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް