ads
މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދިން ގޮތުގެ ޖިނާއީ ތަހުގީގެއް ހިންގަން ނިންމައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓް ދިނުމުގައި އަމަލުކޮށްފައިވާ ގޮތާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓް ދިނުމުގައި އަމަލުކޮށްފައިވާ ގޮތާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިގޮތަށް ނިންމީ އާންމުކޮށް ހުޅުވާލައިގެން އަދި ޓީވީން ލައިވްކޮށް ދެއްކި އެ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގަ އެވެ. 

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދިނުމުގައި އަމަލުކޮށްފައިވާ ގޮތް ބެލުމަށް މިސަރުކާރުން ވެސް ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލާފަ އެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ނިންމާ، ފްލެޓް ލިބޭނެ މީހުންގެ ލިސްޓް އާންމު ކުރަން ތައްޔާރުވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ. 

ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގައި 7000 ފްލެޓް އަޅަން ނިންމާފައިވެ އެވެ. އެ ފްލެޓްތަކުގެ ތެރެއިން ގިނަ ފްލެޓްތައް ނިންމުމުގެ މަސައްކަތް މިހާރު ވެސް ދަނީ ހިނގަމުންނެވެ. 

މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތައް ދޫކޮށްފައިވަނީ ހައްގުވެރި ފަރާތްތަކަށްތޯ ކަށަވަރުކުރުމަށާއި، ހައްގުވެރި ފަރާތްތަކަށް ފްލެޓް ދިނުމަށް މިސަރުކާރުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިތޯ ބެލުމަށާއި އަދި މި ފްލެޓްތައް ދޫކުރުމުގައި އިސްކޮށް އުޅުއްވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އިސްކޮށް އުޅުއްވި އެހެން ފަރާތްތަކުން މިކަން ކޮށްފައި ހުރި ގޮތުގެ ޖިނާއީ ތަހުގީގެއް ހިންގުމަށް ނިންމާފަ އެވެ. 

ގާނޫނުއަސާސީގައިވާ ގޮތުން ހުޅުމާލެ އަކީ މާލޭގެ ބައެއް ކަމަށްވާތީ ހުޅުމާލޭގެ ބިމުގެ މައްޗަށް މާލެ ސިޓީ ކައުންސިލްގެ އިހްތިސާސް ހިނގާނެ ކަމާ މެދު ގާނޫނީ ރައުޔު ހޯދުމަށްވެސް މިބައްދަލުވުމުގައި ނިންމާފައިވެ އެވެ. އަދި ހުޅުމާލެއަކީ މާލޭގެ ބައެއް ކަމަށްވާތީ ހުޅުމާލެ ހިމަނައި، ގުޅިފަޅާއި ތިލަފަޅު ހިމެނޭ ގޮތުން މާލޭގެ ލޭންޑް ޔޫޒް ޕްލޭން އެކުލަވާލުމަށާއި ލާމަރުކަޒީ ގާނޫނުން ލާޒިމުކުރާ މަޝްވަރާ ބައްދަލުވުން ބާއްވާނެ ތާރީހުތަކާއި ވަގުތު ކަނޑައަޅާ ދުރާލާ އިއުލާންކުރުމަށް ދުވަހެއް ކަނޑައެޅުމަށްޓަކައި އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށްވެސް މިބައްދަލުވުމުގައި ފާސްކޮށްފައިވެ އެވެ. 

މިބައްދަލުވުމުގައި ވަނީ ޕީއެސްއައިޕީ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލަށް ފަންނީ މުވައްޒަފުން ބޭނުންވާނެ މިންވަރު ދެނެގަތުމަށް އެސެސްމަންޓެއް ހަދައި އެ އެސެސްމަންޓް ކައުންސިލުން ފާސްކުރުމަށްވެސް ނިންމާފަ އެވެ. އަދި މާލޭގައި އިތުރު ޕާކިން ޒޯންތައް ހަދާނެ ސަރަހައްދުތައް ކަނޑައެޅުމަށްޓަކައި އިތުރަށް ކުރަންޖެހޭ ދިރާސާތައް 30 ދުވަހުގެ ތެރޭގައި ނިންމާ ކުރިއަށް އޮތް މާޗް މަހުގެ ކުރިން މިމަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްވެސް ފާސްކޮށްފައިވެ އެވެ. 

މީގެއިތުރުން ވެށިފަހި މާލެ ޕްރޮޖެކްޓް ތަންފީޒުކުރުމަށްޓަކައި ހުޅުމާލޭގެ ބިމުން ބޭނުންވާ މިންވަރު ފަހިކުރެވޭނެ އިންތިޒާމު ހަމަޖެއްސޭނެ ގޮތަކާ މެދު މަޝްވަރާކުރުމަށްޓަކައި ވެށިފަހި މާލޭގެ ކްރައިޓީރިއާ މުރާޖައާކުރުމަށްޓަކައި ހުރިހާ ކައުންސިލަރުންނާ އެކު މަޝްވަރާކޮށް ގޮތެއް ނިންމުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ފާސްކޮށްފައިވެ އެވެ.

44%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް