ވޯލްޑްކަޕްގެ ގުތުއަތުލުން މިރޭ އޮންނައިރު، މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ބައްތިރީސް ޓީމުގެ ތެރެއިން އޮނަތިރީސް ޓީމުވަނީ ޖާގަތައް ކަށަވަރުކޮށްފައެވެ. ބާކީ ތިން ޖާގަ ކަށަވަރުވާނީ ޖޫން މަހު ކުޅޭ ޕްލޭ އޮފްގެ ފަހު މެޗުތަކަށް ފަހުއެވެ. މުބާރާތުގެ ގުރުއަތުލުން މިރޭ އޮންނައިރު، ރޭންކިންއަށް ބަލައި ޓީމުތައްވަނީ ސީޑްކޮށްފައެވެ. އެއްވަނަ ސީޑުން ކަޓާފައިވާ ވަރުގަދަ އެއްބާރަކީ ޖަރުމަނެވެ.
ޕޮޓް 1:
ގަތަރު
ބެލްޖިއަމް
ބްރެޒިލް
ފްރާންސް
އާޖެންޓީނާ
އިންގްލޭންޑް
ސްޕެއިން
ޕޯޗުގަލް
ޕޮޓް 2:
ޑެންމާކް
ނެދަލަންޑް
ޖަރމަނީ
މެކްސިކޯ
ޔޫއެސްއޭ
ސްވިޓްޒަލަންޑް
ކްރޮއޭޝިއާ
އުރުގުއޭ
ޕޮޓް 3:
ސެނެގާލް
އިރާން
ޖަޕާން
މޮރޮކޯ
ސަރބިއާ
ޕޮލެންޑް
ސައުތު ކޮރެއާ
ޓިއުނީޝިއާ
ޕޮޓް 4:
ސައުދީ އަރަބިއްޔާ
އެކުއެޑޯ
ގާނާ
ކެމަރޫން
ކެނެޑާ
ޕްލޭ އޮފް: އޮސްޓްރޭލިއާ / ޔޫއޭއީ، ޕެރޫ
ޕްލޭ އޮފް: ކޮސްޓަރިކާ / ނިއުޒީލަންޑް
ޕްލޭ އޮފް: ޔޫކްރޭން / ސްކޮޓްލަންޑް، ވޭލްސް
މި ފަހަރުގެ ވޯލްދްކަޕަކީ ގިނަ ޚިޔާލު ތަފާތުވުންތަކެއް ނުވަތަ ކޮންޓްރޮވޯސީގެ ތެރެއިން އޮންނާނެ މުބާރާތެކެވެ. ދެހާސް ދިހަވަނަ އަހަރު ގަތަރަށް، މި އަހަރުގެ ވޯލްޑްކަޕްގެ ބިޑް ކާމިޔާބު ކުރެވުނު ހިސާބުން އެފަދަ އެތައް ކަންތައްތަކެއްވަނީ މީޑިއާގެ ސުރުޚީތަކަށް އަރާފައެވެ. ގަތަރަށް ވޯލްޑްކަޕް ބިޑް ކާމިޔާބު ކުރެވުމާއި އެކު ވޯޓް ވިއްކިކަމުގެ ތުހުމަތުތަކުން ޚިޔާލު ތަފާތުވުންތައް ފެށުނު އިރު، ސްޓޭޑިއަމްތަކުގެ މަސައްކަތްތައް ފެށިގެން ދިޔައީ އިންސާނީ ހައްގުތަކާ ދެކޮޅު އަމަލުތައް ހިނގާކަމުގެ ތުހުމަތުތަކާއެކުއެވެ.
މި ހުރިހާ ކަންތައްތަކެއްގެ ތެރެއިން ބާރަ އަހަރުގެ ބުރަ މަސައްކަތްތަކަށް ފަހު ގަތަރު މިހާރުވަނީ ވޯލްޑްކަޕަށް ފުރިހަމައަށް ތައްޔާރުވެފައެވެ. މުބާރާތް ކުޅޭ އަށް ސްޓޭޑިއަމްގެ ހުރިހާ މަސައްކަތެއް ނިމިފައިވާއިރު، މިއީ ވޯލްޑްކަޕްގެ ތާރީޚުގައިވެސް އެންމެ ކައިރީގައި ހުރިހާ ސްޓޭޑިއަމްތަކެއް ހުންނާނެ ފަހަރެވެ. އަށް ސްޓޭޑިއަމްވެސް ހުންނާނީ ގާތް ގަނޑަކަށް ފަންސާސް ކިލޯމީޓަރުގެ ޑައިމީޓަރެއްގެ ތެރޭގައެވެ.