ads
ހިޔާ ފްލެޓްތައް -- ފޮޓޯ: ދުވަސް
ހިޔާ ފުލެޓުގެ ކުލި ނެގުން ފަސްކޮށްދިނުމަށް މޭޔަރު ގޮވާލައިފި
ހިޔާ ފުލެޓުގެ ކުލި ނަގަން އެޗްޑީސީއިން ނިންމި ނިންމުން، ބަދަލުކޮށް ކުލި ދައްކަން ފަށަންޖެހޭ ތާރީހު ފަސްކޮށްދެއްވުމަށް މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
Advertisement

ޑރ. މުއިއްޒު މިފަދައިން ވިދާޅުވެފައި ވާއިރު، އެޗްޑީސީން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ، ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގެ ދަށުން މަހުން މަހަށް ދައްކަންޖެހޭ ފައިސާ އެ ކޯޕަރޭޝަނަށް ދެއްކުމަށް އަންގާ ކަމަށެވެ. 

މިގޮތުން ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގެ ހަ ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ އިންސްޓޯލްމަންޓާއި މެނޭޖްމަންޓްފީ 01 އެޕްރީލް 2022 އިން ފެށިގެން އެ ކޯޕަރޭޝަނަށް ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. 

މިކަމާއި ގުޅިގެން ގިނަ ބަޔަކު ޝަކުވާ ކުރަމުން އަންނަ ދަނޑިވަޅެއްގައި ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ އަތްމަތި އެންމެ ބޮޑަށް ދަތިވެ، އެންމެ ބޮޑަށް ހަރަދު ބޮޑުވާ މަހު (ރަމަޟާން މަހު) ހިޔާފްލެޓްގެ ކުލި ނަގަން ފެށުމަކީ އެތައްހާސް އާއިލާއަކަށް ނުހަނު ބޮޑު ތަކުލީފެއް ކުރިމަތިވެގެންދާނޭ ކަމެއް ކަމަށެވެ. އަދި މިނިންމުން ބަދަލުކޮށް ކުލި ދައްކަން ފަށަންޖެހޭ ތާރީހް ފަސްކޮށްދެއްވުމަށް ގޮވާލާކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. 

ހިޔާ ފްލެޓް އަޅަން ނެގި ލޯނުގެ އިންޓްރެސްޓް 6.7 ޕަސެންޓަށް ކުޑަކޮށް ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތު 25 އަހަރަށް އިތުރުކޮށް މި ސަރުކާރުން ވަނީ ކުލީގެ ގޮތުގައި ފްލެޓަކުން 7،500 މަހު ކުލީގެ ގޮތުގައި ނެގުމަށެވެ. އަދި އެއާއެކު ސާވިސް ފީއެއްގެ ގޮތުގައި 1،000 ރުފިޔާވެސް ނަގަންވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މިއާއެކު، ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކުން ޖުމްލަ 8،500 ރުފިޔާ އެޗްޑީސީއަށް ދައްކަން ޖެހޭނެއެވެ.

ހިޔާ ފްލެޓްތަކަށް ދައްކަން ޖެހޭ ކުލި މިދިޔަ ޖެނުއަރީ މަހުން ފެށިގެން ނެގުމަށް ސަރުކާރުން ނިންމި ނަމަވެސް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި އެއްބައިވަންތަ ކަމުގެ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ކުލި ނެގުން މި އަހަރުގެ މާޗު މަހުގެ (އިތުރު ތިން މަހަށް) ނިޔަލަށް ފަސްކޮށްދެއްވިކަން އިއުލާން ކުރައްވާފައެވެ.

ހިޔާ ފްލެޓްތަކަށް ކުލި ދެއްކުން ސަރުކާރުން ތިން ފަހަރެއްގެ މަތިން ފަސްކޮށްފައިވާއިރު، އެންމެ ފަހުން ސަރުކާރުން ފަސްކޮށްދިން މުއްދަތު ހަމަވުމުން އެޗްޑީސީން ވަނީ ފްލެޓްތަކަށް ކުލި ދެއްކުމަށް އަންގާފައެވެ. 

 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް