ads
އިންޑިއާ އާއި އޮސްޓްރޭލިއާއާ ދެމެދު ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއިކުރުން --
އިންޑިއާ - އޮސްޓްރޭލިއާ ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއިކޮށްފި
އިންޑިއާ އާއި އޮސްޓްރޭލިއާއާ ދެމެދު ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ވާޗުއަލްކޮށް ކުރިޔަށްގެންދިޔަ މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އޮސްޓްރޭލިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓާ ފޯ ޓްރޭޑް، ޓޫރިޒަމް އެންޑް އިންވެސްޓްމަންޓް ޑެން ޓެހަންއެވެ. އަދި އިންޑިއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ ޔޫނިއަން ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓާ ޕިޔުޝް ގޮޔާލްއެވެ. 

މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމަށް އިކޮނޮމީގެ ދާއިރާއިން އޮތް ގުޅުން އިތުރަށް ބަދަހިވެ، ކުރިމަގުގައި މަސައްކަތްތައް އެކުގައި ކުރަން ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވަނީ ވިދާޅުވެފައެވެ. 

އިންޑިއާ އާއި އޮސްޓްރޭލިއާއާ ދެމެދު ގާއިމް ކުރި މި ފްރީ ޓްރޭޑް އެއްބަސްވުމުގެ މަގްސަދަކީ އޮސްޓްރޭލިއާއިން އިންޑިއާއަށް އެތެރެކުރާ މުދަލުގެ 85 އިންސައްތަ ޓެރިފް ކެނޑުން ކަމަށްވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، މި އެއްބަސްވުން ގާއިމުކުރެވިގެން މިދިޔައީ ވަރަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަމަށާއި، މީގެއިންވެސް ދައްކުވައިދެނީ ދެގައުމުގެ މެދުގައި އޮތް އިތުބާރު ކަމަށެވެ. 

މީގެއިތުރުން މޯދީ ވިދާޅުވީ، މި އެއްބަސްވުމާއެކު ދެ ގައުމަށްވެސް އިގްތިސާދީ ގޮތުން ބޭނުންވާ ކަންކަން ހާސިލުކުރެވިގެންދާނެ ކަމަށާއި، އެގޮތުން އިންޑިއާއަށް މި އެއްބަސްވުމުގެ ސަބަބުން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފާނެ ކަމަށެވެ. އަދި މި އެއްބަސްވުމާއެކު ދެ ގައުމު ގުޅިގެން އިންޑޯ-ޕެސިފިކް ރީޖަނަށް ސަޕްލައި ޗެއިންސް ރެސިލިއެންސް އަދި ސްޓެބިލިޓީއަށް އެއްބާރުލުން ދެވިގެންދާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް