ads
ފޮޓޯ ގޫގްލް
ރޯދަ މަހު ބަރުދަން ލުއި ކުރުމަށް މިކަންކަން ކުރޭ!
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ރޯދަ މަހަކީ ބަރުދަން އިތުރުވާ މަހެކެވެ. ނަމަވެސް ބަރުދަން އިތުރުވަނީ ކެއުމުގައި ފަރުވާ ކުޑަ ކުރެވުމުންނެވެ.

އެގޮތުން ރޯދަ ވީއްލާ ވަގުތު ކެއުން ކޮންޓްރޯލު ކުރާށެވެ. މަދުން ކެއުމަކީ ހަށިގަނޑަށް ކެލޮރީ އެތެރެވާ މިންވަރު މަދުކޮށްދޭނެ ކަމެކެވެ. 

ރޯދަ ވީއްލާ ގަޑީގައި ކޮންމެ މީހަކު ވެސް ހުންނާނީ ވަރަށް ބަނޑުހައިވެފަ އެވެ. އެހެން ނަމަވެސް ހަށިގަނޑަށް ގެއްލުން ހުރި އެއްޗެހި ގިނައިން ކެއުމުން ބަރުދަން އިތުރުވެ، ފަލަވާނެ އެވެ. އެހެންކަމުން އޭގެ ބަދަލުގައި ފައިބާ އާއި ޕްރޮޓީން ގިނައިން ހުންނަ އެއްޗެހި ރޯދަވީއްލާއިރު ކާށެވެ. އޭގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު ދުޅަހެޔޮ މިންވަރެއްގައި ދެމެހެއްޓި، އަވަހަށް ބަނޑުފުރޭނެ އެވެ. އެގޮތުން ތެލުލި ހެދިކާ ފަދަ ތަކެތި ބޭނުން ކުރާ މިންވަރު މަދުކުރާށެވެ.

ކޮންމެ ރެއަކު ވެސް ފެން ބޯ މިންވަރު އިތުރު ކުރާށެވެ. އެގޮތުން ކޮންމެ ރެއަކު ވެސް މަދުވެގެން 1 ލިޓަރު ފެން ބޯށެވެ. ދުވާލު ދަތް އުނގުޅައި އަނގަ ދޮވުމަކީ ކަރުހިއްކާ މިންވަރު ކުޑަކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ހާރުކާ ގަޑީގައި ގިނައިން ލޮނު ހުންނަ ކާއެއްޗެހި، ސޯޑާ، ކޮފީ އަދި ސައި ބުއިމާއި ދުރުހެލިވާށެވެ.  

ރޯދަ މަހު ކަސްރަތު ކުރުން އެންމެ ރަނގަޅީ ރޭގަނޑުގެ ވަގުތުތަކުގަ އެވެ. ދުވާލު ގަޑީގައި ކުރަން ޖެހޭނީ އެހާ ބުރަ ނޫން މަސައްކަތްތަކެވެ. އެއީ އެހެން ނޫނީ ކަރުހިއްކާ މިންވަރު އިތުރުވާނެތީ އެވެ. ބަރުދަން ލުއިކުރުމަށްޓަކައި ކުރާ ކަސްރަތުތައް ރޭގަނޑުގެ ވަގުތުތަކުގައި ކުރާށެވެ. އެއީ ކަސްރަތު ކުރުމުގެ ސަބަބުން ދާހިއްލާނެ އެވެ.

17%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް