އެގޮތުން ޔޯގާއަކީ އޭނަގެ ދުވަހުގެ ފެށުން ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ. ޝިލްޕާ ހާމަކޮށްފައިވާ ގޮތުގައި އޭނާ ފިޓްކޮށް ހުންނަން މަސައްކަތް ކުރަނީ އޭނަގެ އަމިއްލަ ނަފްސް ދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.
އެގޮތުން ކިތަންމެ ބިޒީކޮށް އުޅުން ކަމުގައި ވިއަސް އޭނާ މަދުވެގެން 30 މިނެޓް ކަސްރަތ ކުރުމަށް ހުސްކުރާ ކަމަށް ވެސް އޭނާ ވަނީ ހާމަ ކޮށްފައެވެ. ކަސްރަތު ކުރުމަކީ ކަންނެތް ކަމާއި މާޔޫސް ކަމުން މީހާ ދުރުކޮށްދޭ ކަމެއް ކަމަށް ވެސް ޝިލްޕާވަނީ ހާމަ ކޮށްފައެވެ.
އެގޮތުން ބަރުދަން ހިފެހެއްޓުމަށްޓަކައި ފައިދާ ހުރި މޭވާ ގިނައިން ކެއުމަށް ވެސް ޝިލްޕާވަނީ ނަސޭހަތްތެރި ވެފައެވެ.
އިންޑިއާގައި އެންމެ ބޮޑު އެންޓަޓެއިންމެންޓު ކުންފުނި، މިރްޗީ އިން ގެނެސްދޭ މަޝްހޫރު ސެލެބްރިޓީން ފިޓްނަސްއަށް ކުރާ މަސައްކަތްތަކުގެ ތަޖުރިބާ ގެނެސްދޭ ޓޯކް ޝޯ ގެ ހޯސްޓަކަށް ވަނީ ޝިލްޕާ ޝެޓީ ހަމަޖައްސާފައެވެ.