ads
އަލީހުސައިން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ސަރުކާރުގެ ކުންފުނިތަކުން މިކުރާ ކަމަކީ މާލިއްޔަތުގެ ގާނޫނު އޮޅާ ޖަހަނީ: އަލީ ހުސައިން
ސަރުކާރުގެ ކުންފުނިތަކުން މިކުރާ ކަމަކީ މާލިއްޔަތު ގާނޫނު އޮޅާ ޖެހުންކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން އެމީހުން ބޭނުންވާ ބަޔަކަށް ޕްރޮޖެކްޓް ތައް ދިނުމާއި، ބޭނުންވާ ބަޔަކު ލައްވައި މަސައްކަތް ކުރުވުމާއި، ސަރުކާރަށް ނުވަތަ އެކުންފުންޏަށް ތަކެތި ގަންނައިރު އެމީހުން ބޭނުންތާކުން ގަތުންފަދަ ކަންކަމުގައި ބޮޑެތި ޖަރީމާތައް ހިންގަނީ ކުންފުނި ތަކުގެ ބިތުފަންގި(ކޯޕަރޭޓް ވެއިލް) ބޭނުންކޮށްގެން ކަމަށެވެ. 

"ކުންފުނިތަކުގެ ބިތުފަންގި ބޭނުންކޮށްގެން ސަރުކާރުގެ ކުންފުނިތަކުން މިކުރާ ކަމަކީ މާލިއްޔަތުގެ ގާނޫނު އޮޅާ ޖަހަނީ. މާލިއްޔަތުގެ ގާނޫނުގެ ބާރު ކަނޑުވާލަނީ " އަލީ ހުސައިން ވިދާޅުވިއެވެ. 

ކުންފުނިތަކުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރާކަން ފާހަގަ ކުރައްވަމުން ދެވަނަ ކަމެއްގެ ގޮތުގައި މެންބަރު އަލީ ފާހަގަ ކުރެއްވީ ސިޔާސީ މީހުންނަށޤ ވަޒީފާ ދިނުމަށޤޓަކައި ކުންފުނިތައް ބޭނުން ކުރާ ކަމަށޭވެ. 

އަލީ ވިދާޅުވީ ހަތަރުސަތޭކަ މިލިޔަން މީހުން އުޅޭ އެމެރިކާގެ ވެރިއަކަށް ހުންނަ ޟިހަކަށް ވެސް ސިޔާސީ ގޮތުނ ްމީހުން އައްޔަން ކުރެވެނީ އެންމެ އެއްހާސް މަގާމަށް ކަމަށެވެ. އެހެންނަމަވެސް މި ކުޑަކުޑަ ރާއްޖޭގެ ރައީސަށް މިހާރުވެސް 900އަށްވުރެ ގިނަ ވަޒީފާއަށޤ މީހުން އައްޔަން ކުރުމުގެ ފުރުސަތު ލިބިދޭ ކަމަށެވެ. 

އޭނާ އިތުރަށް ވިދާޅުވީ ކުންފުނިތައް، ސަރުކާރުތަކުން ބޭނުން ކުރަމުންދަނީ ސިޔާސީ ޓޫލެއްގެ ގޮތުގައި ކަމަށެވެ. އަދި ކޮންމެފަހަރަކު ސަރުކާރު ބަދަލުވުމުން ސުންފުނިތައް އެފުށް މިފުށަށް ޖެހިގެންދާ ކަމަށްވެސް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް