ads
ކަރާތަކެއް
ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު ވެއްޓިއްޖެ
މާލޭގެ ބާޒާރުގައި ތޮއްޑޫ ކަރާ ކިލޯއެއްގެ އަގު 20 ރުފިޔާ އަށް ވެއްޓިއްޖެއެވެ.

މިއީ މި ރަމަޟާން މަސް ފެށުނު ފަހުން ކަރާ ކިލޯއެއްގެ އަގު ހެޔޮވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކަރާ ކިލޯއެއް ބާޒާރުގައި ވިއްކަން ހުރީ 25 ރުފިޔާއިން މަތިންނެވެ. 

އެހެން ނަމަވެސް މިއަދު މާލޭގެ ބާޒާރުގެ ގިނަ ގޮޅި ތަކުގައި ތޮއްޑޫ ކަރާ ކިލޯއެއް 20 ރުފިޔާއަށް ލިބެން ހުރިއިރު، ބައެއް ގޮޅިތަކުގައި ކިލޯއެއް ލިބެން ހުރީ 24 ރުފިޔާއަށެވެ. ކަރަލުގެ އަގު ހެޔޮވެފައި މިވަނީ، ތޮއްޑޫއިން މާލެއަށް ގިނަ އަދަދެއްގެ ކަރާ އިއްޔެއާއި މިއަދު ފޮނުވާފައި ވުމުންނެވެ. 

ރޯދަ މަހުގެ ފުރަތަމަ ދުވަހާއި އަޅާ ބަލާއިރު، ބާޒާރުގައި ވިއްކަން ހުރި ބައެއް ތަކެތީގެ އަގުތަކަށް ވަނީ ބަދަލު އައިސްފައެވެ. އެގޮތުން ލުނބޯ ކިލޯއެއް މިހާރު 90 ރުފިޔާއަށް ލިބެން ހުރި އިރު، އަލަނާސި ގަނޑެއް 25 ރުފިޔާއަށް ލިބެން އެބަހުއްޓެވެ. އަދި އިޖިޕްޓު ފޭރު ކިލޯއެއް 150 ރުފިޔާއަށް ލިބެން ހުރި އިރު، ކުރުނބާ ލިބެން ހުރީ 40 ރުފިޔާއިން މަތިންނެވެ. 

އެހެން ނަމަވެސް އަދިވެސް އެންމެ އަގުބޮޑުކޮށް މާރުކޭޓުގައި ވިއްކަން ހުރީ މިރުސްކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިރުސް ކިލޯއެއް އެވްރެޖްކޮށް 650 ރުފިޔާއަށް ލިބެންހުރިކަން ފާހަގަ ކޮށްލެވެއެވެ. އެހެން ނަމަވެސް ހަވީރުގެ ވަގުތައް އަޅާލުމުން މިރުސް ކޮލޯއެއް 200 ރުފިޔާއަށް ލިބެން ހުންނަކަން ފާހަގަ ކޮށްލެވެއެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް