ads
ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބް--
ޝަހީބު ބޭސްފަރުވާއަށް ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރަނީ
ކަންނެލި ދޯނިން ކަނޑުމަގުން ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި ދެ މީހުން ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރު ގއ. ވިލިނގިލިީ ލައިޓްހައުސް ޝަހީބް އިބްރާހީމް އާއި، ހއ. ހޯރަފުށި، ވައިލެޓްވިލާ އަހުމަދު މޫސާއެވެ. މި މައްސަލާގެ އެންމެ އިސް މީހަކީ ޝަހީބު ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. 

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ މި ދެމީހުން ބޭސްފަރުވާއަށް ދެ މަސް ދުވަސްވަންދެން ދޫކޮށްލަން ހުކުމް ކޮށްފައެވެ. އެ ދެ މީހުން ދޫކޮށްލީ ކޯޓަށް އެއްބާރުލުން ދިނުމާއި ހުއްދަ ނެތި މާލެ އިން ބޭރަށް ނުދިއުމާއި ރޭގަނޑު ގެއިން ބޭރަށް ނުނިކުތުން ފަދަ ޝަރުތުތަކެއް މަތި ކުރުމަށްފަހުއެވެ. 

މި މައްސަލަ އާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދިން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، މި މައްސަލާގައި ހިމެނޭ ދެ މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމާފައި ވާކަމަށެވެ. 

އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގައި، ޝަހީބްގެ ބޭސްފަރުވާއަށް އެދި އޭނާގެ ވަކީލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި، އޭނާ އަށް ކަސްރަތު ކުރުމުގެ ފުރުސަތު ދިނުމަށާއި ނަފްސާނީ އިތުރު ޓެސްޓްތަކެއް ހަދަން ޑޮކްޓަރު ލަފާ ދީފައިވުން ހިމެނެއެވެ. ޝަހީބުގެ ވަކީލު ވިދާޅުވީ އެކަން ކަރެކްޝަނުން ނުކުރާ ކަމަށާއި ޑޮކްޓަރުން ދޭ ލަފާވެސް އޮޅުވާލަމުން އަންނަ ކަމަށެވެ. 

ނަމަވެސް ދައުލަތުން ވަނީ އެކަން ދޮގުކޮށްފައެވެ. ދައުލަތުން ބުނީ، އެކަން ކަން ކުރަމުންދާ ކަަމަށާއި، އެންމެ ފަހުން ހެދި ޓެސްޓްތަކުން ވެސް ދައްކަނީ، ޝަހީބުގެ ސިއްހީ ހާލަތު ރަނގަޅުވަމުން އަންނަ ކަން ކަމަށެވެ.

ދެމަހުގެ ބޭސްފަރުވާއަކަށް ބަންދުން ދޫކޮށްލަން ނިންމިއިރު، ޝަހީބު ބަންދުގައި ބެހެއްޓުމަށް ފަހު ޝަރުތުތަކާ އެކު މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައިވެސް ބަންދުން ދޫކޮށްލިއެވެ. އެމައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން އަމަރުކުރީ މައްސަލައިގެ ޝަރީއަތް ނިމެންދެން ޝަހީބު ބަންދުކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް