ads
އައްމަޓީ
އައްމަޓީގެ މައްސަލަ އިޖުރާއީ ގޮތުން ބެލޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓަށް!
ގިނަ އަދަދެއްގެ ދައުވާ އުފުލާފައިވަނިކޮށް ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ކްރިމިނަލް ކޯޓުން ގޭބަންދަށް ދޫކޮށްލުމުން، ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ އެކޯޓުން ބޭރުކޮށްލި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފި އެވެ.
Advertisement

އެމައްސަލާގައި ހުކުމް ކުރުމުގެ ޝަރީއަތުގެ މަޖިލީހުގައި ހައިކޯޓުން އެމައްސަލަ ބޭރުކޮށްލީ މި މައްސަލަ އަކީ އިޖުރާއީ ގޮތުން ބެލޭނެ މައްސަަލައެއް ނޫންކަމަށް ނިންމައެވެ. އެ މައްސަލަ އިޖުރާއީ ގޮތުން ނުބެލޭނެ ކަމަށް އެ ކޯޓުން ނިންމާ ހުކުމް ކުރީ، އެ މައްސަލަ އެ ކޯޓުގައި ދައުލަތުން އިސްތިއުނާފު ކޮށްފައިވަނީ އެކަން ކުރަން ޖެހޭ ވަގުތު ފާއިތުވި ފަހުން ކަމަށް ވާތީ ކަމަށް އެ ހުކުމުގައި ވެއެވެ.

އެހެން ނަމަވެސް މިކަމާއި ގުޅިގެން ޕްރެސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުމެއްގައި ބުނެފައިވަނީ، ހައިކޯޓުން އައްމަޓީގެ މައްސަލަ ބޭރުކޮށްލަމުން ކުރި ހުކުމުގައި އިސްތިއުނާފް ކުރަން އޮންނަ ގާނޫނީ މުއްދަތު ފާއިތުވެފައި ވާކަމަށް ނިންމި ނަމަވެސް، އައްމަޓީ ދޫކޮށްލި މައްސަލަ އިސްތިއުނާފް ކޮށްފައިވަނީ، މުއްދަތުގެ ތެރޭގައި ކަމަށެވެ. 

މީގެ އިތުރުން ޝަމީމް ވިދާޅުވީ، އައްމަޓީ މައްސަލައިގެ މުއްދަތުތަކަށް ބަލައި އިރު، ފުރަތަމަ މަރުހަލާގެ ކޯޓުން މައްސަލަ ނިންމީ 20 މާޗުގައި ކަމަށާއި އެއީ ނުގުނާ ދުވަހެއް ކަމަށެވެ. އަދި 21 މާޗަކީ މުއްދަތު ގުނާ ފުރަތަމަ ދުވަސް ކަމަށާއި 22 މާޗަކީ ދެވަނަ ދުވަސް ކަމަށާއި އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަހަކީ 23 މާޗުކަމުން އެއީ ނުގުނާ ދުވަހެއް ކަމަށްވެސް ވިދާޅުވެެފައިވެއެވެ.

"ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާއަކީ އިސްތިއުނާފުކުރުމާބެހޭ މާއްދާ. ފުލުހުންގެ ބަންދަށް މީހަކު ލައިގެން 24 ގަޑިއިރުތެރޭގައި ކޯޓަށް ހާޒިރުކުރާ ވާހަކަ އޮތް މާއްދާއެއް ނޫން. މުއްދަތު ގުނާނެ ގޮތް ގާނޫނުގައި ނެތް ކަމަށް ހައިކޯޓުން ދެކެވަޑައިގަތީ ރަނގަޅަކަށް ނޫން. އިސްތިއުނާފު މައްސަލަތަކުގައި މުއްދަތު ގުނާނެ ގޮތް އެބަ އޮތް. އިސްތިއުނާފާ ގުޅޭ ކަންކަމުގައި މުއްދަތު ގުނާނީ ގަވާއިދުގައި އޮތް ގޮތަށް. ދަށު ކޯޓުން ނިންމި ދުވަހާއި، އިސްތިއުނާފުގެ މުއްދަތު ހަމަވާ ދުވަސް ނުލާ."ޝަމީމް ވިދާޅުވިއެވެ.

އަންމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވެ އެވެ. އެ ހުރިހާ މައްސަލައެއްގެ ވެސް ޝަރީއަތް ކުރިއަށް ދަނީ ވަކިވަކިންނެވެ.

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް