މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ ސިޔާސީ ޕާޓީތަކުން ދީނީ ދަރުސް ބޭއްވޭނެ ކަމަށް އިއުލާނު ކުރުމާއެކު ، އެކަމަށް އިއްޔެގެ ވަގުތެއްގައި މިނިސްޓްރީއަށް ސިޓީއަކުން އެދިފައިވާނެ ކަމަށެވެ. ކިންގް ސަލްމާން މިސްކިތުގައި އެ ޕާޓީގެ ފަރާތުން ދީނީ ދަރުސް ޕްރޮގްރާމެއް ހިންގުމަށް ބޭނުންފުޅުވާ ކަމަށާއި، އިއްޔެ ސިޓީގައި އެދިފައިވާނީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވާ ގޮތަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން ދީފައިވާ ޖަވާބަކީ ޕީޕީއެމް އިން ފޮނުވާފައިވާ ސިޓީއަކީ ސިޓީ ފޮނުވުމުގެ އާންމު އުސޫލާ ހިލާފަށް ފޮނުވާފައިވާ ސިޓީއެއްކަމަށް ޝުޖާއު ވިދާޅުވިއެވެ
ޝުޖާއު ވިދާޅުވީ ފަހުން މިނިސްޓަރުގެ ޖަވާބަކަށްވީ ސަލްމާން މިސްކިތް ދެވެން ނެތް ކަމަށާއި ސިޔާސީ ޕާޓީތަކަށް ދަރުސް ދިނުމުގެ ހުއްދަވެސް މިހާރު ނުދޭ ކަމަށެވެ.
މިކަމާގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ފޯނަށް ޖަވާބު ނުދެއްވާތީ އެ މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.