ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް
ޔާމީންގެ ސަރުކާރުގައި ކުއްލި ހާލަތު ނެރެ ހިންގި އަމަލުތައް ތަހުގީގުކުރަން ގޮވާލައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މީގެ ދެ އަހަރު ކުރިން ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ކުއްލިނުރައްކަލުގެ ހާލަތު ނެރެ ގާނޫނުއަސާސީއާ ހިލާފު އަމަލުތައް ބަލައި އިންސާފުވެރި ފިޔަވަޅުތަކެއް އަޅައިދިނުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފި އެވެ.
Advertisement

އެމްއާރްއެމް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއަދަކީ ރާއްޖޭގައި އެންމެފަހުން ހިންގި ކުއްލިނުރައްކަލުގެ ހާލަތު ހިންގަން ފެށިތާ ދެ އަހަރު ފުރުނު ދުވަސް ކަމަށްވާއިރު އެ ދުވަހު ކުއްލިނުރައްކަލުގެ ހާލަތު އިއުލާން ކުރީ ގާނޫނުއަސާސީގެ އުސޫލުތަކާ ޚިލާފަށް އަދި ގާނޫނުއަސާސީން ލިބިދޭ ހައްގުތައްވެސް ނަގާލައި އަދުލުއިންސާފުގެ ނިޒާމު ފުނޑުފުނޑު ކޮށްލުމަށް ފަހު ކަމަށެވެ.


 
މި ބަޔާނުގައި ވަނީ ކުއްލިނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު އެންމެ ފުރަތަމަ ހައްޔަރުކޮށް ދޫނިދޫ ޖަލަށް ގެންދިޔައީ އެމްއާރްއެމްގެ ރައީސް، ރައީސް މައުމޫން އަބްދުލް ގައްޔޫމު ކަމާއި އަދި އެއަށްފަހު އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމު ކަން ފާހަގަކުރައްވާފަ އެވެ. 

"އެދުވަހު ގާނޫނު އަސާސީ ވަކި މީހެއްގެ މިލްކަކަށް ހަދައި ގާނޫނުގެ ބާރު ކަނޑުވާލައި ދިވެހިރާއްޖޭގައި ހިންގާފައިވަނީ ބޮޑު ޖަރީމާއެއްކަން އެދުވަހުވެސް ދިވެހި ރައްޔިތުން ގަބޫލު ކުރި އެވެ." އެމްއާރްއެމްގެ ބަޔާނުގައިވެ އެވެ.
 

މިބަޔާނުގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިތާ ދެ އަހަރު ފުރުނުއިރު ދިވެހި ގައުމަށް ހާމަވެގެން ދިޔައީ އެއެ ހާލަތުގެ ދަށުން ބަންދުކުރެވުނު ބޭފުޅުންގެ އިސްތަށިފުޅުގައި އެޅުވި އިލްޒާމްތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު އިލްޒާމް ތަކެއް ކަމަށެވެ. އަދި އެއީ ވަކިބައެއްގެ ފައިދާއަށްޓަކައި ގާނޫނުތަކާ ޚިލާފަށް ބާރުގެ ބޭނުންކޮށްގެން ކޮށްފައިވާ ޣައިރު ގާނޫނީ މަސައްކަތެއް ކަމަށްވެސް ވިދާޅުވި އެވެ. 


 
"އެ ދުވަހު ގާނޫނުއަސާސީއަށް ފައިންއަރާ، ގާނޫނުއަސާސީ އާއި ޚިލާފަށް މި އަނިޔާވެރި އަމަލު ހިންގި ދައުލަތުގެ އިސް މަގާމު ތަކުގައި ތިބި މީހުންގެ މައްސަލަ ބައްލަވައިދެއްވާ، އިންސާފުވެރި ފިޔަވަޅުތަކެއް އަޅުއްވައި ދެއްވުމަށް ކަމާ ގުޅުންހުރި މުއައްސަސާ ތަކަށް ގޮވާލަމެވެ. އެހެންނޫނީ ކުރިއަށް އޮތް ތާނގައިވެސް ރައްޔިތުންގެ ވޯޓުން ބާރުދީފައި ތިބޭ ވެރިން މިބާވަތުގެ އަނިޔާވެރި ޣައިރު ގާނޫނީ ކަންތައްތައް ކުރުމަކަށް ޖެހިލުމެއް ނުވާނެވެ.،" އެމްއާރްއެމްގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

73%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް