އެކައުންޓް ނަމްބަރު: 7770000062740
ބަހަން ތައްޔާރުކޮށްފައިވާ އެހީގެ ތަކެތި----
ލަންކާގައި ހިނގަމުން ދިޔަ ބޮޑެތި މަސްރޫއުތަކުގެ ލޯނު އަނބުރާ ދައްކަންޖެހުމާއި އެކު ލަންކާއަށް ވަނީ އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ތެޔޮ ލިބުމަށް ދަތިވެ، ދުވާލަކު ފަސް ގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދު ކަނޑާލުމަށް ވެސް ލަންކާގެ ސަރުކާރަށް މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ވަނީ މަޖުބޫރު ވެފައެވެ.
ފަހަކަށް އައިސް ކަރަންޓް ކަޑައިގެންދިއުމުގެ އުދަގޫވެސް ސްރިލާންކާގެ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑަށް ތަހަންމަލުކުރަންޖެހިފައެވެ. އެކަމާއި ގުޅިގެން އެގަައުމުގެ ޔުޓިލިޓީ ކޮމިޝަނުގެ ޗެއަމަން ޖަނަކާ ރަޓްނަޔަކެ ވިދާޅުވީ، އެއީވެސް ތެޔޮ ލިބުމުގައި ހުރި ދަަތިތަކުގެ ސަބަބުން ދިމާވަމުންދާ މައްސަަލަތަކެއް ކަމަށެވެ. އަދި މިވަގުތު ލަންކާ ތަހަންމަލު ކުރަމުންދަނީ "އިލެކްޓްރިސިޓީ ކްރައިސެސް" އެއް ނޫންކަމަށާއި، "ފިއުލް ކްރައިސެސް"އެއް ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން ސްރީލަންކާގެ ކާބޯތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށް ގޮސް، ގޭސްފަދަ އަސާސީ ވަސީލަތްތައް ވެސް ލިބުމުގައި ދަތިތަކާއި ދަނީ ކުރިމަތި ލަމުންނެވެ.
ލަންކާއަކީ ރާއްޖޭގެ ގިނަ ކިޔަވާކުދިންނެއް ވެސް އެތަނުގައި ވަޒަންވެރިވެ ތައުލީމު ހާސިލުކުރަމުން އަންނަ ގައުމެކެވެ. މިކަމުގެ ސަބަބުން މިފަދަ ދަރިވަރުންތަކަށް އަންނަނީ ތަފާތު އެކި ވަރުގެ އުނދަގޫތަކާއި ކުރިމަތިލަމުންނެވެ.
ސްރީލަންކާގެ އިގްސޯދީ ބޮޑު ހީނަރުކަމަކަށް ގޮސްފައި މިވަނީ ކޮވިޑް-19ގެ ސަބަބުން ދިމާވި އިޤްތިސާދީ ހީނަރުކަމާއި ގުޅިގެން ފަތުރުވެރިކަން މެދުކެނޑުމާއި އެކުއެވެ. ލަންކާގެވެސް މައިގަނޑު އިޤްސާދު ބިނާވެފައި އޮންނަނީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީގެ މައްޗަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;