ads
މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުމުގެ ތެރެއިން-- ފޮޓޯ:އެމްޑީޕީ
ގަލޮޅު މެދު ދާއިރާގެ ޕްރައިމަރީގެ ވޯޓުލުން އަލުން ބާއްވަން އެމްޑީޕީން ނިންމައިފި
މައްސަލަތަކެއް ދިމާވެ، ގަލޮޅު މެދު ދާއިރާގެ ޕްރައިމަރީގެ ވޯޓުލުން އަލުން ބާއްވަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމައިފި އެވެ.
Advertisement

އެމްޑީޕީން ބުނީ ގަލޮޅު މެދު ދާއިރާގެ ފޮށްޓަށް ވޯޓުލުމަށް ނުދާ މީހުންގެ ނަމުގައި ވެސް ވޯޓުލާފައިވާ ކަމަށެވެ. އަދި އެ އެގޮތަށްލާފައިވާ ވޯޓުގެ އަދަދަކީ ވޯޓުގެ ނަތީޖާއަށް އަސަރުކުރާ އަދަދެއް ކަމަށްވާތީ އެފޮށީގެ ކައުންސިލް މެމްބަރުންގެ ވޯޓު ބާތިލް ކުރުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ. 

އެޕާޓީން ވަނީ ގަލޮޅު މެދު ދާއިރާގެ ޕްރައިމަރީގެ ވޯޓުލުން އަލުން ބާއްވަން ނިންމާފައިވާ ކަމަށް ވެސް ބުނެފަ އެވެ. ނަމަވެސް ވޯޓުލުން ބާއްވާނެ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ގަލޮޅު މެދު ދާއިރާގެ ޕްރައިމަރީގައި ފަސް ބޭފުޅަކު ވާދަކުރައްވަ އެވެ. އެއީ ހަތަރު ފިރިހެން ބޭފުޅަކާއި އެއް އަންހެން ކަނބަލެކެވެ. 

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު ޕްރައިމަރީގެ ވޯޓްލުން 93 ރަށެއްގައި ކުރިއަށްގެންދިޔަ އެވެ. 

ސިޓީ ކައުންސިލްތަކައް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް 108 ފަރާތަކުން ފޯމް ހުށަހެޅިއިރު، އަތޮޅު ކައުންސިލަށް 53 ފަރާތަކުން ވަނީ ފޯމް ހުށަހަޅާފައެވެ. ޕްރައިމަރީއަށް ނުގޮސް 400 އެއްހާ މީހުނަށް ޓިކެޓު ވަނީ ލިބިފައެވެ.

ލޯކަލް ކައުންސިލު އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަަނަ ދުވަހެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް