ads
ވިނަރެސް ގައި ހުރި ކަސްޓަމާ ކެއާ އޮފީސް
އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން އެޗްޑީސީ މުވައްޒަފުންނަށްވެސް މާލީ އިނާޔަތްދެނީ
އަމިއްލައަށް އެދިގެން މާލީ އިނާޔަތްތަކާއެކު ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލައިފިއެވެ.
Advertisement

އެ ކުންފުނިން މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނީ  ކުންފުނީގެ އޮނިގަނޑު ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން އާ އޮނިގަނޑަށް ބަދަލުވާއިރު، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ދެ ގޮތަކަށް ފުރުސަތު ލިބޭނެ ކަމަށް އެ މެމޯގައިވެއެވެ. 

އެޗްޑީސީން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވެވޭގޮތް 

  1. އަމިއްލައަށް އެދިގެން ރިޑަންޑަންޓްވުން /  މިގޮތަށް ވަކިވާން އެދޭ މުވައްޒަފުންގެ ތެރެއިން ހޮވޭ ފަރާތްތަކަށް، އުސޫލުގައިވާ ގޮތުގެ މަތިން ވަޒީފާއިން ވަކިވުމުގެ މާލީ އިނާޔަތެއްގެ ގޮތުގައި ފުރިހަމަ ސެވަރެންސް ޕެކޭޖެއް ލިބޭނެ.
  2. އަމިއްލައަށް އެދިގެން ރިޓަޔަވުން / މި ފުރުސަތުގެ ދަށުން، ޝަރުތު ހަމަވާ މުވައްޒަފުންނަށް އެ މުވައްޒަފަކު ކުންފުންޏަށް ހިދުމަތްކުރި މުއްދަތަށާއި އަދާކުރާ މަޤާމަށް ރިއާޔަތްކޮށް، އެއްފަހަރާ ލިބޭ އެކަށީގެންވާ މާލީ އިނާޔަތް ލިބޭނެ. 

މުވައްޒަފުންނަށް ފޮނުވި މެމޯގައި އެޗްޑީސީން ބުނީ  ވަޒީފާއިން ވަކިވުމުގައި އަމަލުކުރަން ޖެހޭނެ ގޮތުގެ އިތުރު ތަފްސީލުތަކާއި، ޝަރުތުތަކުގެ އިތުރުން އެކަމަށް އެދި ހުށައަޅަންޖެހޭ ސުންގަޑިތައް ކުންފުނީގެ ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި ހިއުމަން ރިސޯސް ޑިޕާޓްމަންޓް މެދުވެރިކޮށް މުވައްޒަފުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;