ads
ސ. މީދޫ ފޮޓޯ/ ގޫގްލް
ތަރާވީހަށް ގެނައި އިމާމުގެ ފޯނު ވަގަށް ނަގައިފި
އައްޑޫ ސިޓީ މީދޫ މަޖުދުއްދީން މިސްކިތަށް މި އަހަރު ތަރާވީހް ނަމާދު ކުރުމަށްޓަކައި ގެނައި އިމާމުގެ ފޯނު ރޭގެ ވަގުތެއްގައި ވަގަށް ނަގައިފިއެވެ.
Advertisement

މިދޫ ހިލާލު ޖައްމިއްޔާގެ ފަރާތުން ގެނައި އިމާމުގެ ފޯނު ނަގާފައިވަނީ ރޭގެ ވަގުތެއްގައި އިމާމް އުޅުއްވާ ގެއަށްވަދެ އެވެ.

ހިލާލު ޖަމިއްޔާގެ ސެކެޓްރީ އަލީ އަންވަރު "ސީއެންއެމް" އަށް ވިދާޅުވީ އެ ޖަމިއްޔާގެ ފަރާތުން މުދިމު ބެހެއްޓުމަށް ހަމަޖައްސާފައިވާ ގޭގައި އުޅުއްވަނީ އެ ބޭފުޅާ އެކަނި ކަމަށެވެ. ނަމާދަށް މިސްކިތަށް ދިއުމަށް ދޮރުގައި ތަޅު ލުމަށްފަހު މިސްކިތަށް ދިޔަގޮތަށް މިސްކިތުން އެނބުރި ގެއަށް މުދިމު ދިޔައީ ތަރާވީސް ނިންމާލުމަށް ފަހު ރޭ 9:10 ހާ އިރުގައި ކަމަށެވެ. 

"ގެއަށްގޮސް ބެލި އިރު ފޯނެއް ނެތް. އަދިވެސް ނުފެނޭ. ބެލެވެނީ ވަގަށް ނެގީ ކަމަށް. ކުޑަދޮރު ތަންޑު ހުރީ ވަރަށް ލޫޒްކޮށް. ކުރިން އެ ގޮތަށް ފާހަގަ އެއް ނުކުރެވޭ،" އަންވަރު ވިދާޅުވި އެވެ.

ރޭގައި ވަގުތުން ފުލުހުންނަށް މައްސަލަ ހުށައަޅާފައި ވާނެ ކަމަށާއި، މިހާރު އެ މައްސަލަ ބެލަމުންދާ ކަމަށްވެސް އޭނާ ވިދާޅު ވިއެވެ. ނަމަވެސް ޝައްކު ކުރެވޭ މީހަކު ފެނިފައި ނުވާތީ މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

ހިލާލު ޖަމިއްޔާގެ ފަރާތުން ގެނައި ބޭފުޅަކަށް ވާތީ އެ ކަމުގެ ޒިންމާ އެ ޖަމިއްޔާގެ ފަރާތުން ހަވާލު ވާނެ ކަމަށާއި، އަދި މިހާރު ޖަމިއްޔާގެ ވިސްނުން ހުރީ އެބޭފުޅާ އެދޭ ގޮތެއް ބެލުމަށް ފަހު، ފޯނެއް ދިނުން ނުވަތަ ފޯނުގެ އަގަށްވާ ވަރަށް ރުފިޔާ ދިނުން ކަމަށް ވެސް އަންވަރު ވިދާޅު ވިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ހޯދާލުމަށް ފުލުހުންނަށް ގުޅުމުން ފުލުހުންގެ ފޯން ނުނަގާތީ ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

20%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް