މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ގޮތަށް ނިންމާ އެ ކުންފުނީގެ މުވައްޒަފުންނަށް ކުންފުނީގެ ފަރާތުން ވަނީ އިންޓާނަލް މެމޯއެއް ފޮނުވާފައެވެ. އެ މެމޯގައި ބުނެފައިވަނީ، ހިޔާ މަޝްރޫއުގެ ދަށުން އެޗްޑީސީގެ މުވައްޒަފުންނަށް ހާއްސަ ހައުސިން ޔުނިޓްތަކެއް އިމާރާތް ކުރަން ކުރިން ވެސް ފަށާފައިވާ ކަމަށާއި، ޝަރުތު ހަމަވާ މުވައްޒަފުންނަށް މި ބުރުގައި އެހައުސިން ޔުނިޓް ދޫކުރުން ނިންމާފައިވާ ކަމަށެވެ.
އެ މެމޯގައި ހިމަނާފައިވާ ޝަރުތުތަކުގެ ތެރޭގައި:
މި ކަމާއި ގުޅިގެން "ސީއެންއެމް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ނެރެފައިވަނީ އިންޓާނަލް މެމޯއެއް ކަމަށާއި، އެހެން ކަމުން އަދި އެކަމާއި ގުޅިގެން ފަހުން މީޑިއާއަށް މައުލޫމާތު އާއްމު ކުރާނެ ކަމަށެވެ.
މި މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފަށާފައިވާ މަޝްރޫއެކެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާއި ހެދި މި މަޝްރޫއު ކުރިއަށް ގެންދެވޭގޮތް ވަނީ ނުވެފައެވެ. އެހެން ނަމަވެސް އެޗްޑީސީއިން މައުލޫމާތު ދޭގޮތުގައި މި މަޝްރޫއު އަލުން ފެށީ އެކަމަށް ބޭނުންވާ ފައިސާ ހޯދައިގެންނެވެ.