ads
ހިޔާ ފްލެޓް
ހިޔާ މަޝްރޫއުއިން ހިޔާ ނުވެ ރައްޔިތުންނަށް އަނިޔާ!
ރާއްޖޭގެ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފެއްޓެވި ހިޔާ މަޝްރޫއުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ސަރުކާރަށާއި ރައްޔިތުންނަށް ވެދާނެކަން ހާމަވެއްޖެއެވެ.

ހިޔާ ފުލެޓް ތަކުގެ ކުލީގެ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނެރަލް ހުސެން ނިޔާޒީ ވިދާޅުވީ، އެޗްޑީސީއިން މިހާތަނަށް ލޯނުގެ ގޮތުގައި ނަގާފައިވާ 700 މިލިއަން ޑޮލަރު (10.7 ބިލިއަން ރުފިޔާ)ގެ ތެރެއިން 400 މިލިއަނަށްވުރެ ގިނަ ޑޮލަރު (ހަ ބިލިއަން ރުފިޔާ) އަކީ ހިޔާ މަޝްރޫއުގެ އެކި ކަންކަމަށް ނަގާފައިވާ ލޯނުތައް ކަމަށެވެ. 

މި ލޯނުތައް ރަނގަޅަށް މެނޭޖް ނުކުރެވިއްޖެނަމަ އެޗްޑީސީއަށް މާލީގޮތުން ބޮޑު ގެއްލުންތަކަކާއި ކުރިމަތި ލާންޖެހިދާނެ ކަމަށް ނިޔާޒީ ވިދާޅުވިއެވެ. އަދި މިހާރު ވެސް 30 އިންސައްތަ ލޯނި ޑިފޯލްޓްގައި ހުރިކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. 

ކުލީގެ މައްސަލަ އާ ގުޅިގެން އިތުރަށް ވާހަކަ ދައްކަމުން އޮޑިޓާ ޖެނެރަލް ވިދާޅުވީ، ހިިޔާ ފުލެޓުތަކުގެ ކުލި 6،600 ރުފިޔާއަށް ކުޑަކޮށްފިނަމަ ބޮޑެތި ގެއްލުންތަކެއް ލިބިގެން ދާނެ ކަމަށެވެ. 

"ހިޔާ ފުލެޓުތަކުގެ ކުލި 6،600 ރުފިޔާއަށް ކުޑަކޮށްފިނަމަ ލޯނު ދައްކަން އިތުރު 9.8 ބިލިއަން ރުފިޔާ ބޭނުންވާނެ. ސަރުކާރުން ސަބްސިޑައިޒްކޮށް 8،500 ރުފިޔާއަށް ފުލެޓުތަކުގެ ކުލި ބަދަލު ކުރުމުން 138 މިލިއަން ރުފިޔާގެ ކޭޝް ފްލޯއެއް މުޅި ޕްރޮޖެކްޓަށް ކުރިމަތިވާނެ." ނިޔާޒީ ވިދާޅުވި އެވެ.

މީގެ އިތުރުން ނިޔާޒީ ވިދާޅުވީ، ސަރުކާރުން ކުރިން ފުލެޓުތަކަށް ނެގުމަށް ނިންމި 11،000 ރުފިޔާ ނެގިނަމަވެސް މުޅި މަޝްރޫއުގެ މުއްދަތަށް 2.4 ބިލިއަން ރުފިޔާގެ ފައިނޭންސް ފެސިލިޓީއެއް ނަގަން ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ސަރުކާރުގެ ބަޖެޓުން ހިޔާ މަޝްރޫއުގެ ލޯނު ދެއްކުމަށް އިތުރު 3.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ނިޔާޒީ މަޖިލީހުގެ ކޮމިޓީގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން ނަން ނުޖެހުމަށް ޝަރުތުކޮށް "ސީއެންއެމް" އާއި ވާހަކަ ދެއްކި ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ، ހިޔާ ފުލެޓު މަޝްރޫއު އާއި ގުޅިގެން ނަގާފައިވާ ލޯނު ތަކާއި ގުޅިގެން ގައުމަށް ގެއްލުން ވުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެހެން ކަމުން މިކަމަށް ވަރަށް ބޮޑަށް ފަރުވާތެރިވެ ލޯނު ދެއްކުން މުހިއްމު ކަމަށެވެ. 

އަދި މި ލޯނުތައް ނުދެއްކިއްޖެނަމަ، އަވަށްޓެރި ލަންކާއަށް ދިމާވެފައިވާ ފަދަ އިގްތިސާދީ ކާރިސާއެއް ކުރިމަތި ވުމުގެ ބިރު ވެސް އެބައޮތް ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

ފްލެޓްތަކުގެ ކުލި ބޮޑުވާން ޖެހިގެން އުޅެނީ. ހިޔާ މަޝްރޫއު ކުރިއަށްގެންދިޔަ ގޮތުން ކަމަށް ވެ އެވެ. 

  1. ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ ތިން ކޮޓަރި ހިމެނޭ އެޕާޓްމަންޓްތަކުގެ ކުލި ދެ ކޮޓަރި ފްލެޓާތަކަށް ވުރެ ބޮޑުވާން ޖެހުނީ ހިޔާ މަޝްރޫއުގައި ނުހަމަ ކަންތައްތަކެއް ހުރުމުން ކަމަށް ވެ އެވެ.
0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް