ads
ހެލްތު މިނިސްޓަރު އަހްމަދު ނަސީމް
ނަސީމް އެދިވަޑަައިގަތީ މިއީ ރަމްޟާން މަސްވީމަ މެމްބަރުން ރީތިކޮށް މުހާތަބުކޮށްދެއްވުމަށް!
މަޖިލީހަށް ހާޒިރުކުރުމުން، މިއީ ރަމްޟާން މަސްކަމުން އެކަކު އަނެކަކަށް ރީތިކޮށް މުހާތަބުކޮށްދެއްވުމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އެދިވަޑައިގެންފި އެވެ.

މިނިސްޓަރު ނަސީމް މިއަދުގެ މަޖިލީހަށް ހާޒިރުކުރެއްވީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުالله ރިޔާޒް، އެމަނިކުފާނާއި ކުރައްވާ ސުވާލަށް ޖަވާބު އެރުވުމަށެވެ. 

އެގޮތުން ރިޔާޒް ކުރައްވި ސުވާލަކީ ތިމަރަފުށީ ހެލްތް ސެންޓަރު އަޕްގްރޭޑްކުރުމަށް ޕީއެސްއައިޕީގައި ހިމަނާ ފައިވާ 1،500،000(1.5 މިލިއަން ރުފިޔާ) ހަރަދުކުރައްވަނީ ކޮންކޮން ކަމަކަށްތޯ އެވެ. 

އެ ސުވާލަށް ޖަވާބުދެއްވުމަށް މިނިސްޓަރަށް ފުރުސަތު އެރުވުމުން އެންމެ ފުރަތަމަ ވެސް ކޮޅަށް ދެތުވެވަޑައިގެން ރަމްޟާން މަހުގެ ހެޔޮ އެދުންތައް އަރިސްކުރަމުން މިނިސްޓަރު ވިދާޅުވީ، މި މައްސަރަކީ އެކަކު އަނެކަކަށް މުއާމަލާތް ކުރާއިރު، ރީތިކޮށް މުއާމަލާތް ކުރުމާއި ދޮގު ހަބަރުތައް ނުފެތުރުމުގެ މައްސަރެއް ކަމުން އެ ސަބަބުތައް ލިބޭނެ ކަމަށް އުންމީދު ކުުރައްވާ ކަމަށެވެ. 

އެއަށްފަހު ރިޔާޒްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ، ހެލްތް ސެންޓަރު އަޕްގްރޭޑްކުރުމަށް ޕީއެސްއައިޕީގައި ހިމަނާ ފައިވާ 1.5 މިލިއަން ރުފިޔާ ހަރަދުކުރައްވާގޮތް ސާފުކޮށްދެއްވާފައެވެ. 

ހަރަދުކުރެވިގެން ދާގޮތް

  • ހެލްތު ސެންޓަރު އަޕްގްރޭޑް ކުރުން
  • ވަށާފާރު ރޭނުން
  • ސިއްހީ މަރުކަޒުގައި އެކްސްޓެންޝަން އިމާރާތެއް އިމާރާތްކުރުން

މި އެކްސްޓެންޝަން އިމާރާތުގައި، އޮފީސް، ޕަބްލިކް ހެލްތު ޔުނިޓް، ކޮންފަރެންސް ރޫމް، ކައުންސިލިން ރޫމް، މެޑިކަލް އަދި ޖެނަރަލް ސްޓޯރު، ލޯންޑްރީގެ އިތުރުން ގަރާޖެއް ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއިމާރާތުގެ މަސައްކަތް ނިމުމުން މިހާރު އެރަށު ސިއްހީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

އެމަސައްކަތް މިހާރު އޮތް ހިސާބު ސާފުކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު އޮތީ ޓެންޑަ މަރުހަލާގައި ކަމަށާއި މިމަހު އެމަސައްކަތް ފެށިއްޖެނަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި އެމަސައްކަތްތައް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. 

އެވާހަކަތައް ނިންމާލެއްވުމުން ރިޔާޒް ވިދާޅުވީ، މިދިޔަ އަހަރުވެސް 1.5 މިލިއަން ބަޖެޓުގައި ހިމެނިކަމަށާއި، ނަމަވެސް އެފަހަރުވެސް އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ. މިހާރުވެސް ހިދުމަތްދެމުންދާ އިމާރާތަކީ 28 އަހަރުވެފައިވާ އެއްވެސް މަރާމާތެއް ކުރެވިފައި ނުވާ މަަރާމާތެއް ކަމަށެވެ. 

އެ މަރުކަޒަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް އަދި މިނިސްޓަރު ނަސީމްވެސް އެތަނަށް ވަޑައިގެން އެތަން ބެއްލެއްވި ކަމަށާއި އެތަނުގެ ހާލަތު ހުންނާނީ ފެނިވަޑައިގެންފައި ކަމަށެވެ. އަދި އެއަށްފަހު އަނެއްކާވެސް ރިއާޒް ތަކުރާރު ކުރެއްވީ 1.5 މިލިއަން ބަޖެޓުގައި މިފަހަރުވެސް ހިމަނައިގެން އެކަން ކުރެވޭނެތޯއެވެ.

އެ ސުވާލަށް ދެއްވި ރައްދެއްގެ ގޮތުން މިނިސްޓަރު ވިދާޅުވީ، ބަޖެޓުކުރުމަކީ ވަކިކަމެއް ކަމަށާއި، ބަޖެޓުން ލާރި ހޯދުމަކީ ވަކިކަމެއް ކަމަށެވެ. އަދި އެކަންކަން ކުރެވޭނީ މާލީ ހާލަތު ތަންދޭ މިންވަރަކުން ކަމަށާއި އެވާހަކަ އިތުރަށް ދެއްކުމަކީ މާނައެއް އޮތް ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް