ads
ހިޔާ ފްލެޓްތައް -- ފޮޓޯ: ދުވަސް
ހިޔާ ފުލެޓުގެ ކުލި ބަލައިގަތުން ހިޔާ ޓަވަރުގެ 11 އިން
ހިޔާ ފުލެޓަށް ފައިސާ ދެއްކުމުގެ އިންތިޒާމް ހިޔާ ޓަވަރު 11 ގައި ގާއިމް ކުރެވިފައިވާ އޮފީހުގައިވެސް ހަމަޖެހިފައި ވާކަމަށް އެޗްޑީސީއިން މިއަދު ބުނެފިއެވެ.

ގިނަ މަސްތަކަކަށް ފަހު އޭޕްރީލް މަހުން ފެށިގެން ހިޔާ ފުލެޓުތަކުން ކުލި ނަގަން އެޗްޑީސީއިން ވަނީ ފަށާފައެވެ. 

މިމަހުގެ ކުލި މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް އެއްވެސް ޖޫރިމަނާއެއް ނެތި ބަލައިގަންނަން އެޗްޑީސީއިން ނިންމާފައި ވާއިރު، އެޗްޑީސީއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ހިޔާ ފްލެޓަށް ފައިސާ ދެއްކުމުގެ އިންތިޒާމް، 13 އެޕްރީލް 2022 އިން ފެށިގެން ހިޔާ ޓަވަރު 11 ގައި ގާއިމްކުރެވިފައިވާ މެނޭޖްމަންޓް އޮފީހުން ހަމަޖެހިފައި ވާކަމަށެވެ. 

ކޮންމެ ހަފްތާއެއްގެވެސް އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 13:00 އަށް 11 ވަނަ ޓަވަރުގައި ގާއިމް ކޮށްފައިވާ މެނޭޖްމަންޓު އޮފީހުން މި ހިދުމަތް ލިބިގެން ދާނެ ކަމަށާއި، ކޭޝް ކާޑް ޕޭމަންޓުގެ އިތުރުން ޗެކު ފޮތުންވެސް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައި ވާކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. 

ހިޔާ ފުލެޓުތަކުގެ ކުލި ނަގަން ފެށުމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އެ ނިންމުން ބަދަލުކޮށް އަދި އިތުރު ދުވަސްތަކެއް ކުލި ނުނަގާ މަޑުކޮށްލުމަށް އެދި އެޗްޑީސީއަށް ސިޓީ ފޮނުވާފައެވެ. އެކަމާއި ގުޅިގެން އެޗްޑީސީއިން ބުނީ، އެފަދަ ސިޓީއެއް ލިބިފައިވާ ކަމަށާއި، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ނިންމާގޮތެއް އަންގާނެ ކަމަށެވެ. 

ހިޔާ ފުލެޓުތަކުން ކުލި ނަގަން ފަށާފައި ވާއިރު، އެ ފުލެޓުތަކުގައި މިހާރުވެސް އެތައް ސަތޭކަ އާއިލާއަކުން އަންނަނީ ދިރިއުޅެމުންކަން ފާހަގަ ކޮށްލެވެއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް